ފުލުހުންނާއި ކަފިހި ހުރަސް؛ ޘަނާ ކިޔުން ހައްޤު

މާލޭގެ އެންމެ ކާރޫބާރޫ ބޮޑު މަގަށް ވާނީ މަޖީދީ މަގޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ވަކިން ހާއްސަކޮށް ރޭގަނޑަށް އިރު އޮއްސި ރޭގަނޑު އަށަކާއި އެގާރާއާއި ދެމެދުގެ ވަގުތެވެ. އެވަގުތަކީ މާލޭގެ ދިރިއުޅޭ އެންމެންހެން މަޖީދީމަގަށް ބަރާވެފައި އޮންނަ ވަގުތެއް ކަހަލައެވެ.

ކޮންމެއަކަސް، އެހެން އެންމެނެކޭވެސް އެއްފަދައިން އަހަރެންވެސް މަޖީދީމަގަށް އަޅައިލީ ސޯސަން މަގު ކަންމަތިން ސައިކަލުގައެވެ. މިސްރާބަކަށްވީ މާފަންނާއި ދިމާލަށް ދިޔުމެވެ. ކިތަންމެ ބާރުބޮޑެއް ކަމަކު، އެންމެންވެސް ވަރަށް މަގަށް ބަލައިގެން ދުއްވާ ފަދައިން އަހަރެންވެސް ސައިކަލު ދުއްވަމުން ގެންދަނީ އާދައިގެ ސްޕީޑެއްގައި މަޑުންނެވެ. ކުއްލިއަކަށް ލޮލުގައި އަޅައިގަތީ މަގުގެ މެދުގައި، ކަފިހި ހުރަސް ކައިރީގައި މަޑުކޮށްލައިގެން ހުރި އަންހެން ޓްރެފިކް ފުލުހެކެވެ. އެއޮށް ކާރޫބާރޫ ބޮޑުއިރުވެސް، އެއްވެސް ކަހަލަ ބިރެއްނެތި ޓްރެފިކް ކޮންޓްރޯލް ކުރުމުގައި އަވަދިނެތި އެފުލުސް އުޅޭތަން ބަލަށް އަހަރެން ސައިކަލު އެއްކައރިއަކަށް ޕާކްކޮށްލުމަށް ފަހު މަޑުކޮށްލީމެވެ. މަގު ހުރަސް ކުރަން މީހަކު ކަފިހި ހުރަހަށް އެރުމުން މަގު ހުރަސް ކުރާމީހާ ހުރި މަގުގެ އެއްފަޅިން އަންނަ ވެހިކަލްތަކަށް މަޑުކޮށްލަން އަންގައެވެ. ހަމަ އެގޮތަށް އަނެއް ފަޅިއަށް އެމީހާ އެރުމުން ހުއްޓުމަށް އަންގައެވެ. ގައިމުވެސް އެހެން ހުންނައިރު، ވެހިކަލަކުން އައިސް އެފުލުސް މީހާގައިގައި ޖެހުމަކީވެސް ވެދާނެކަމެއްކަން ޙުދު އެފުލުސް މީހާވެސް ދަންނާނެ ކަން ގައިމެވެ.

ސައިކަލަށް އަނެއްކާވެސް އެރުމަށްފަހު މަޑުގިނީގައި ކުރިއަށް ދުއްވާލީމެވެ. މިފަހަރަު މަޖީދީމަގު އަގޯރާ ކައިރިންނެވެ. ހަމަ ފުލުހެކެވެ. ކުރިން ފެނުނު ގޮތަށް މީހަކު ކަފިހި ހުރަހަށް އެރުމުން އެފަޅިއަކުން އަންނަ ވެހިކަލްތަށްއ ހުއްޓުމަށް އިޝާރާތް ކޮށްހަދައެވެ. އަނެއްފަޅިއަށް ދިޔުމުންވެސް އެގޮތެވެ. މަޖީދީމަގަކީ މާލޭގެ އެންމެ ބާރޮބޮޑު އެއްމަގަށް ވީނަމަވެސް، އެއްވެސް ކަހަލަ ބިރެއްނެތި ފުލުހުން މަގުގެ ޓްރެފިކް ކޮންޓްރޯލްކުރުމުގައި އެއްވެސް ފަސްޖެހުމެއް ނެތި ހަރަކާތްތެރިވަމުން ދިޔަތަން އަހަންނަށް ފެނުނެވެ.

މިދައްކަނީ ހަމައެކަނި މަޖީދީމަގުގެ ކާރޫބާރުބޮޑު ވާހަކައެއްނޫނެވެ. މިދައްކަނީ ގައުމީ ޙިދުމަތުގައި ފުލުހުން އެމީހުންގެ ހިދުމަތް އަދާކުރާ އެންމެ ގޮތެއްގެ ވާހަކައެވެ. ގައިމު މަގުގެ މެދުގައި، އެހާ ބައިވަރު ވެެހިކަލްތަށް ދުއްވަމުން ގެންދާއިރު ހުއްޓިލައިގެން ހުރުމަކީ ފަސޭހަ ކަމެއްނޫނެވެ. އަދި އެއީ ބިރުކުޑަވެސް ކަމެއް ނޫނެވެ. ބާރަށް ދުއްވަމުން އަންނަ އެއްޗަކުން ޖެހި އަނިޔާއެއްވެސް ވުމަކީ ހަމަ އެކަށީގެންވާ ކަމެކެވެ. އަނިޔާގެ އިތުރަށް ހަމަ އެގޮތަށް ވެހިކަލަކުން ޖެހި މަރުވުމަކީވެސް ހަމަ ވެދާނެކަމެކެވެ. ނަމަވެސް، ގައުމަށްޓަކައި، މުޖްތަމައުގެ އެންމެންގެ ރައްކާތެރިކަމަށްޓަކައި ފުލުހުން ކޮށްދޭ މިފަދަ ހިދުމަތްތަށް ގިނަފަހަރު އޮންނަނީ އާންމުންގެ މެދުގައި ވަޅުޖެހި ފޮރުވިފައެވެ. މިފަދަ ހިދުމަތްތަކަކީ އެމީހުންނަށް ތައުރީފު ހައްގުވާފަދަ ހިދުމަތްތަކަށް ވާއިރު، އެފަދައިން އަމަލު ކުރެވޭތަން  މިއަދު ފެންނަނީ ވަރަށްވެސް މަދުންނެވެ.

ކޮމެންޓް

Leave a Reply

Your email address will not be published.

ގުޅުންހުރި ލިޔުންތައް