logoEN
PNC TOP 3
ތާރީހުގައިވެސް ފުރަތަމަ ފަހަރަށް "ޓޯކިޔޯ މޮޓޯ ޝޯވ" ކެންސަލްކޮށްފި

ތާރީހުގައިވެސް ފުރަތަމަ ފަހަރަށް "ޓޯކިޔޯ މޮޓޯ ޝޯވ" ކެންސަލްކޮށްފި

ހުސެއިން

logo

4/23/2021, 4:57:38 PM

6460_01

67 އަހަރު ދިގު ތާރީހެއް އޮތް ޓޯކިޔޯ މޮޓޯ ޝޯވ ފުރަތަމަ ފަހަރަށް ކެންސަލްކޮށްފިއެވެ.

PNC MID 2

މިޝޯވ ކެންސަލްކޮށްފައިވަނީ ޖަޕާނުގެ ކޮވިޑްގެ ހާލަތު ގޯސްވުމާއި ގުޅިގެންނެވެ. ރިޕޯޓްތައް ބުނާ ގޮތުންނަމަ އޭޕްރިލް 25ން ފެށިގެން މެއި މަހުގެ 11 އާ ހަމައަށް ޖަޕާނުގެ ދެ ސްޓޭޓެއް ކަމަށްވާ އޮސާކާ އަދި ޓޯކްޔޯގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރާނެއެެވެ.

ޓޯކްޔޯ މޮޓޯ ޝޯވ އަކީ 1954 ވަނަ އަހަރުން ފެށިގެން އާއްމުގޮތެއްގައި ކޮންމެ ދެ އަހަރަކުން އެއްއަހަރު ބާއްވާ ޝޯވ އެކެވެ. އަދި މިއަހަރުގެ ޝޯވ އޮކްޓޯބަރު މަހު ބޭއްވުމަށް ވަނީ ތާވަލް ކުރެވިފައެވެ. މި އީ ކާރު އުފައްދާ ބޮޑެއތި ކުންފުނިތަކުން އެމީހުންގެ ތަފާތު ވައްތަރުތަކުގެ ކާރު ދައްކާލުމަށް ބާއްވަމުން އަންނަ ޝޯވ އެކެވެ.

އެންމެ ފަހުން ބޭއްވުނު 2019 ވަނައަހަރުގެ ޝޯވ އަށް 1.3 މިލިއަން މީހުން ޒިޔާރަތްކުރިއެވެ. ޝޯވ ގެ ޗެއަރމަން، އަކިއޯ ޓޮޔޯޑާ ބުނީ ރައްކާތެރި މާހައުލެއްގައި މިއަހަރުގެ ޝޯވ ބޭއްވުމަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ދިމާވަމުން އަންނަ ކަމަށެވެ.

މި އަހަރުގެ ޝޯވ ވާޗުއަލްކޮށް ބޭއްވުމުގެ އެއްވެސް ވިސްނުމެއް ނެތްކަމަށް އެ ޝޯވ އިންތިޒާމް ކުރާ ފަރާތުން ވަނީ ހާމަކޮށްފައެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC