logoEN
cocacola
ޔުނައިޓެޑްގެ ސަޕޯޓަރުންތަކެއް ޓްރެއިނިން ދަނޑަށް ވަދެ ކުލަބުގެ ވެރިންނާއި މެދު ހިތްހަމަނުޖެހުން ފާޅުކޮށްފި

ޔުނައިޓެޑްގެ ސަޕޯޓަރުންތަކެއް ޓްރެއިނިން ދަނޑަށް ވަދެ ކުލަބުގެ ވެރިންނާއި މެދު ހިތްހަމަނުޖެހުން ފާޅުކޮށްފި

lllllolo

އިނގިރޭސި ކުލަބް މެންޗެސްޓާ ޔުނައިޓެޑް ގެ ސަޕޯޓަރުންތަކެއްް ޓްރެއިނިން ދަނޑަށް ވަދެ ޔުނައިޓެޑްގެ ވެރިން ކަމަށްވާ އެމެރިކާގެ ގްލޭޒާ އާއިލާ މެދު ހިތަހަމަނުޖެހުން ފާޅުކޮށްފިއެވެ.

ގޮސިޔާ

މައްސަލަ ބޮޑުވެފައިވާ ޔޫރަޕިއަން ސުޕަ ލީގުގައި ޔުނައިޓެޑުން އެންމެ ފުރަތަމަ ބައިވެރިވި މައްސަލައިގައި ކުރިއަށް ވުރެ ބޮޑަށް ސަޕޯޓަރުންގެ ނުރުހުން ޔުނައިޓެޑްގެ ވެރިން ކަމަށްވާ އެމެރިކާގެ ގްލޭޒާ އާއިލާ އަށް ވަނީ ވަރަށް ބޮޑަށް އަމާޒުވެފަ އެވެ. ޔުނައިޓެޑްގެ ސަޕޯޓަރުން އަންނަނީ މިއީ ގްލޭޒާ އާއިލާ އިން ޔުނައިޓެޑް ވިއްކާލަން ޖެހޭ ވަގުތު ކަމަށް ބުނެ ޝުއޫރުފާޅުކުރަމުންނެވެ.

އެގޮތުން ބުރާސްފަތި ދުވަހު ޔުނައިޓެޑްގެ ސަޕޯޓަރުންތަކެއް ވަނީ ބެނާއެއް ހިފައިގެން އެ ޓީމުގެ ޓްރެއިނިން ދަނޑަށް ވަދެ ހަޅުތާލުކޮށްފަ އެވެ. ޔުނައިޓެޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޓްރެއިނިން ދަނޑަށް ވަން ސަޕޯޓަރުންނާ ވާހަކަ ދައްކައި މައްސަލަ ހައްލުކުރުމުގައި ސޯލްޝެއާ ވެސް ބައިވެރިވި ކަމަށެވެ. ސޯލްޝެއާއާ އެކުގައި އެސިސްޓަންޓް ކޯޗު މައިކަލް ކެރިކް އާއި ޓެކްނިކަލް ޑިރެކްޓަރު ޑަރެން ފްލެޗާ އަދި އެ ޓީމުގެ މިޑްފީލްޑަރު ނަމަންޏާ މަޓިޗް ވެސް ބައިވެރިވި އެވެ.

2005 ވަަނަ އަހަރު ގްލޭޒާ އާއިލާ އިން ޔުނައިޓެޑް ގަތުމަށް ފަހު އެ ކްލަބުން ލިބޭ އާމްދަނީ ޓީމަށް އެހާ ބޮޑަށް ހަރަދުނުކުރާ ކަމުގެ ވާހަަކަތައް އަބަދު ވެސް އިނގިރޭސި މީޑިއާގައި ދެކެވެ އެވެ. ޔުނައިޓެޑް ގަންނަން އެކި މަހުޖަނުން މީގެ ކުރިން ޝައުގުވެރިކަން ފާޅުކުރި ނަމަވެސް ގްލޭޒާ އާއިލާ އިން އެ ގޮތަށް ބޭނުމެއް ނުވިއިރު، އެ މީހުން ވަނީ އަހަރުން އަހަރަށް ކްލަބްގެ މެޖޯރިޓީ ހިއްސާގެ ޕަސެންޓް ވެސް އިތުރުކޮށްފައެވެ .

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ