.jpg?w=3840&q=75)





.jpg?w=3840&q=75)


TIpVXbcDUjpHtbzBjPizMKMsZRwVDmjdym8eYE5c (1)
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ދީ، ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތާ އެއްގޮތް ކުރުމަށް އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން އިސްލާހު ގެނެސްފި އެވެ.
އާންމު ސިއްހަތު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ފުވައްމުލަކު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރަޝީދު އެވެ. އެ ބިލު ދިރާސާކުރުމަށްފަހުގައި މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވަނީ ކޮމިޓީ ރިޕޯޓު މަޖިލީހުގެ ތަޅުމަށްފޮނުވާފައެވެ.
ކޮމިޓީ ރިިޕޯޓުގައި ގާނޫނަށް ގެންނަން ހުށަހަޅާ އިސްލާހުތަކުގެ ތެރެއިން އެންމެ ބޮޑު އިސްލާހެއްގެ ގޮތުގައި ކޮމިޓީން ފާސްކޮށްފައިވަނީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދިނުމަށެވެ.
އެގޮތުން ސިއްހީ ނުރައްކާތެރި ބަލިމަޑުކަމެއް ކުރިމަތިވެއްޖެނަމަ، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ނުވަތަ ކަނޑައެޅޭ ވަކި ސަރަހައްދުތަކެއްގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް އެކަށީގެންވާ ހެއްކާ އެކު ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް، ސިއްހަތާ ބެހޭ ވަޒީރަށް ލަފާ ދޭންވާނެ ކަމަށާއި، އަދި ވަޒީރު ވަގުތުން ރައީސުލްޖުމްހޫރިއްޔާއަށް އެ ލަފާ އަރުވަން ވާނެ ކަމަށް އިސްލަާކުގައި ބުނެފައިވެއެވެ.
.jpg?w=3840&q=75)



