logoEN
Sto top
ބާސެލޯނާ ސުޕާ ލީގުން ރެއާލް މެޑްރިޑްއާއި ނުލައި ވަކިނުވެވޭނެ: ރިޕޯޓް

ބާސެލޯނާ ސުޕާ ލީގުން ރެއާލް މެޑްރިޑްއާއި ނުލައި ވަކިނުވެވޭނެ: ރިޕޯޓް

bbbbbb

ޔޫރަޕިއަން ސުޕާ ލީގުން ސްޕެއިންގެ ބާސެލޯނާ ވަކިވެވޭނީ އެ ލީގުގެ ފައުންޑިންގް ކުލަބް ކަމަށްވާ ރެއާލް މެޑްރިޑް ވަކިވެގެންކަމަށް ސްޕެއިންގެ ބައެއް މީޑިޔާތަކުން ރިޕޯޓްކޮށްފިއެވެ.

Wamco

މި ހަފްތާގައި ފުޓްބޯޅައިގެ ދުނިޔޭގެ ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓުނު ސުޕަ ލީގުގެ ފައުންޑަރ 12 ކްލަބްގެ ތެރެއިން މިހާރު އެ ލީގުން ވަކިނުވެ އޮތީ ރެއާލާއި ބާސެލޯނާގެ އިތުރުން ޔުވެންޓަސް އެވެ. ޔޫއެފާ އަދި ފީފާއިން ކުރިމަތިކުރުވި ޕްރެޝަރުތަކާއި ގުޅިގެން ދެންތިބި ކްލަބްތައް ވަނީ ލީގުން ވަކިވެފައެވެ. އޭގެ ތެރޭގައި އިނގިރޭސި ޕްރެމެޔާ ލީގުގެ 6 ކުލަބް؛ މެންޗެސްޓާ ޔުނައިޓެޑް، މެންޗެސްޓާ ސިޓީ، ލިވަޕޫލް، އާސެނަލް، ޗެލްސީ އަދި ޓޮޓެންހަމް ހިމެނެއެވެ. އަދި އިޓަލީގެ އޭސީ މިލާން އަދި އިންޓަ މިލާނާއި ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑް ވެސް ވަނީ މި ލީގަށް ނޫނެކޭ ބުނެފައެވެ.

ޕެރޭޒް ވިދާޅުވީ ހުރިހާ ކްލަބެއް ވެސް ސުޕަ ލީގުގައި ބައިވެރިވާން އެއްބަސްވެ ސޮއިކުރި ކޮންޓްރެކްޓްގައި ވަކިވެވޭނެ ގޮތްތަކެއް ބަޔާންކޮށްފައި އެބަހުރި ކަމަށާއި އެކަންކަން ފުރިހަމަކުރަން ޖެހޭ ކަމަށެވެ. ފުޓްބޯޅައިގެ ތަޖުރިބާކާރުން ދެކޭ ގޮތުން ވިއްޔާ ޕެރޭޒް އިޝާރާތްކުރެއްވީ ސުޕަ ލީގުން ވަކިވެއްޖެނަމަ ކުލަބްތަކުން ދައްކަން ޖެހޭ ޖޫރިމަނާ އަށެވެ.

ސްޕެއިނުގެ މީޑިއާ އިން ވަނީ އިނގިރޭސި ކްލަބްތައް ސުޕަ ލީގުން ނަން ނަގަން ޔުއެފާ އިން ފައިސާ ދިން ކަމަށް ތުހުމަތުކޮށްފަ އެވެ. ޕެރޭޒް ވިދާޅުވީ އެއީ އޭނާ އަށް ޖަވާބު ދެވޭނެ ކަމެއް ނޫން ކަމަށާއި ޔަގީނުން ވެސް އެނގޭ ކަމަކީ ސުޕަ ލީގުގައި ބައިވެރިވާން އައި އިނގިރޭސި ހަ ކްލަބްގެ ތެރެއިން އެއް ކްލަބް ފުރަތަމަ ދުވަހުން ފެށިގެން އުޅުނީ އެ ޕްރޮޖެކްޓްގެ ވިސްނުންތަކާ ދުރުގައި ކަމަށެވެ.

"އެ އިނގިރޭސި ކްލަބެއް އެނގޭ. އަހަރެން ނަމެއް ނުބުނާނަން،" ޕެރޭޒް ވިދާޅުވި އެވެ.

ޗެމްޕިއަންސް ލީގުގެ ބާރު ކަނޑުވާލާފައި ފަށަން މަސައްކަތްކުރަމުން އަންނަ ސުޕަ ލީގުން ޓީމުތައް ވަކިވަމުން ދިޔަ ވަގުތުގައި މީޑިއާގައި އެންމެ ގަދަޔަށް ދެކެވުނު އެއް ވާހަަކަ އަކީ ބާސެލޯނާ ވެސް އެ ލީގުން ނަން ނަގަން އުޅޭ ވާހަކަތަކެވެ. އެކަމަކު ބާސެލޯނާ އިން ރޭ ވަނީ ސުޕަ ލީގުގައި އެ ޓީމު ދެމި އޮންނާނެ ކަމަށް ބުނެފަ އެވެ.

ސްޕެއިނުގެ ރޭޑިއޯ އަކަށް ބާސެލޯނާގެ ރައީސް ޔޮއާން ލަޕޯޓާ ވިދާޅުވީ ޑޮމެސްޓިކް ލީގުގައި ދެމި އޮވެ ސުޕަ ލީގުގައި ވެސް ކުޅެވޭނެ ގޮތްވާން އެދޭކަމަށާއި ސުޕަ ލީގަކީ ވަރަށް ޝައުގުވެރި ޕްރޮޖެކްޓަކަށްވާއިރު، އުއްމީދަކީ ޔުއެފާއާ ގުޅިގެން އެ ލީގު ފެށޭނެ ގޮތެއް ހޯދުން ކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside