logoEN
Sto top
ޒިކުރާ މިސްކިތް ހުރި ބިމުގައި އެޅި ވަގުތީ މިސްކިތް ހުޅުވައިފި

ޒިކުރާ މިސްކިތް ހުރި ބިމުގައި އެޅި ވަގުތީ މިސްކިތް ހުޅުވައިފި

ހުސެއިން

logo

4/23/2021, 2:18:15 PM

big_w33eru6rhN6hvlSJDh3Lq7T1N

ޒިކުރާ މިސްކިތް ހުރި ބިމުގައި އެޅި ވަގުތީ މިސްކިތް ނިންމާ އެ މިސްކިތް މިއަދު ހުޅުވާލައިފިއެވެ.

Wamco

މިސްކިތް ހުޅުވާ މިއަދު ވަނީ ހުކުރު ނަމާދުކޮށްފައެވެ. ކުރިން ޒިކުރާ މިސްކިތް ހުރި ބިމުގައި ވަގުތީ މިސްކިތެއް އެޅުމުގެ މަސައްކަތް ފަށާފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ. މި މިސްކިތް ހުޅުވާދެއްވީ އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު އަލީއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ހަތް ދުވަހުގެ މަސައްކަތުން ނިންމާލެވުނު ވަގުތީ މިސްކިތުގައި އެއް ފަހަރާ 500 މީހުންނަށް ނަމާދު ކުރެވޭނެ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ރޯދަ މަހުގެ ފުރަތަމަ ދުވަހު ވަގުތީ މިސްކިތް ބޭނުން ކުރަން ފެށޭވަރަށް މަސައްކަތް ކުރިއަށް ގެންދަން މަސަައްކަތް ކުރި ނަމަވެސް އެ ސަރަހައްދު ކޮންނަމުން ދަނިކޮށް މިނިކަށިތަކެއް ފެނުމާއި ގުޅިގެން މަސައްކަތް ލަސްވީއެވެ.

އެ މިސްކިތުގެ މަސައްކަތް ކުރީ ސިފައިންގެ ވެލްފެއަރ ކުންފުނި (ސިވެކް) އާއި ސަރުކާރު ހިއްސާވާ ކުންފުނިތައް ގުޅިގެންނެވެ.

ކުރިން ހުރި ޒިކުރާ މިސްކިތް އެތަނުން ނަގަން ކުރީގެ ސަރުކާރުން ނިންމާފައިވަނީ އެތަނުގައި ނަމާދުކުރެވޭނެ އިންތިޒާމްތަކާއެކު 10 ފަންގިފިލާގެ އިމާރާތެއް އެޅުމަށްކަމަށް ބުނެއެވެ. މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް އެއްވެސް ވަރަކަށް ކުރިއަށް ގެންގޮސްފައިނުވާއިރު، މަސައްކަތް ހަވާލުކުރި ކުންފުންޏަށް ކުރީގެ ސަރުކާރުން 30 މިލިއަން ރުފިޔާވެސް ވަނީ ދީފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside