logoEN
Sto top
ދިރާގު ނައު އެޕަށް ރޯދައަށް ހާއްސަ ފީޗާތަކެއް

ދިރާގު ނައު އެޕަށް ރޯދައަށް ހާއްސަ ފީޗާތަކެއް

އަހުމަދު ޝުރާއު

logo

4/23/2021, 10:50:25 AM

big_hzhjIVhEiJUJ7ye3MEl9MQXoh

ދިރާގު ލައިފްސްޓައިލް މޯބައިލް އެޕް "ނައުއެމްވީ" ގައި ރޯދައަށް ހާއްސަ ފީޗާތަކެއް ތައާރަފު ކޮށްފި އެވެ.

Wamco

އެގޮތުން ދީނީ ކަންކަމުގެ ފީޗާތަކެއް އިތުރުކޮށް، ގުރުއާނާއި ތަރުޖަމާ ހިމަނާފައި ވާއިރު އިސްލާމިކް މިނިސްޓްރީން ބާއްވާ ދަރުސް ޕްރޮގްރާމާ ބޭހޭ މައުލޫމާތުތައް އެޕުން ބަލައިލެވޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖައްސާފައިއެވެ. މީގެތެރޭގައި އެ ދުވަހެއްގެ މައުލޫއާއި، ދަރުސް ބާއްވާ މިސްކިތާއި، ދަރުސް ދެއްވާ ބޭފުޅުންގެ ނަން ހިމެނެ އެވެ. އަދި ނައު އެޕްގެ ވީޑިއޯ ބައިގައި އިސްލާމިކް މިނިސްޓްރީ މެދުވެރިކޮށް މުހިންމު އެކި އެކި ދީނީ މައުލޫމާތު ފޯރުކޮށްދޭ ވީޑިއޯ ކްލިޕްތައްވެސް މިހާރު ވަނީ އިތުރުކޮށްފައި އެވެ.

ނައުއެމްވީ މެދުވެރިކޮށް ފިތުރު ޒަކާތް ވެސް ދެއްކެނެ އިންތިޒާމު ވަނީ ހަމަޖައްސާފައި އެވެ. އަދި ހިލޭ ސާބަހަށް މަސައްކަތްކުރާ އެންޖީއޯ ތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ނިޒާމެއް ވެސް މި އެޕްގައި ތައާރަފް ކޮށްފައި ވެ އެވެ. މި އެޕްގެ "ޑޮނޭޝަންސް" ބައިން އެޕާ ގުޅިފައިވާ ޖަމިއްޔާތައް ބަލައިލެވެ އެވެ.

މީގެ އިތުރުން ނަމާދު ގަޑިތައް ނޮޓިފިކޭޝަން ސެޓްކޮށް އަދި ރޯދަ ޓްރެކް ކުރުން ފަދަ ޕީޗާތައް ހިމެނޭ އިރު ކާއެއްޗެހީގެ ރެސިޕީ ތަކާއި އެކި ރެސްޓޯރެންޓާއި ކެފޭތަކުގެ ރޯދަ މެނޫތައް ވެސް ބަލައިލެވޭނެ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside