logoEN
ކޮކާކޯލާ
ހަޔާތު އަޔާޑާގައި

ހަޔާތު އަޔާޑާގައި

އަހުމަދު ޝުރާއު

logo

4/23/2021, 10:00:55 AM

hayat-uzun-as-hande-erc3a7el-vinod-duvasi

ދިވެހިންގެ ތެރޭގައި ބޮޑު މަޤްބޫލުކަމެއް ހޯދި ތުރުކީ ސީރީޒް "އަޝްކް ލަފްތާން އަންލަމާޒް" ގެ ލީޑް ރޯލް ކުޅުނު ހަޔާތު, އަސްލުނަމުން ނަމަ ހާންދޭ އަރްޗަލް ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައިސްފި އެވެ.

އަބުޅޯ

ހާންދޭ ޗުއްޓީ ހޭދަކުރަމުން ދަނީ ހުވަދު އަތޮޅުގެ ރިސޯޓެއް ކަމުގައިވާ އަޔާޑާ މޯލްޑިވްސް ގައި އެވެ. އޭނާ ވަނީ އަޔާޑާ ރިސޯޓުގައި އޭނާ ހޭދަކުރަމުން އަަންނަ ޗުއްޓީގެ ބައެއް ފޮޓޯތަށް އޭނާގެ އިންސްޓްރަގްރާމް މެދުވެރުކޮށް ހިއްސާކުރަމުންނެވެ.

ދިވެހިންގެ ތެރޭގައި ހާންދޭ މަޝްހޫރުވެފައިވަނީ "އަޝްކް ލަފްތާން އަންލަމާޒް" ގައި އޭނާ އަދާކުރި ރޯލް ހަޔާތު އިންނެވެ.

ހާންދޭގެ ފަހުގެ މަސައްކަތްތަކަށް ބަލާލާއިރު ތުރުކީގެ ޓިވީ ޗެނެލް ކެނާލް ޑީ އިން ދައްކާ ޝޯ "އަޒީޒޭ" ގެ ލީޑް ރޯލުންވެސް ފެނިގެންގޮސްފައެވެ. 2020 ވަނަ އަހަރު ހާންދޭ ވަނި ސެން ޗަލް ކަޕީމީގައި ލީޑް ރޯލް އަދާކޮށް ބޫރޭ ގިލްސޯއީއާއެކު ފެނިގެންގޮސްފައެވެ. މިފިލްމު ވަނީ ތުރުކީ ގައި ބެލުންތެރިންގެ މެދުގައި ވަރަށް ކާމިޔާބު ފިލްމަކަށް ވެގެންގޮސްފައެވެ.

ހާންދޭއަކީ މިހާރު ތުރުކީގެ ފަންނާނުންގެ ތެރެއިން އިންސްޓަގްރާމްގައި އެންމެ ގިނަ ފޮލޯވަރުން ތިބި އަންހެން ފާންނާނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ