logoEN
cocacola
ވިހަ ގޭސް މަދުކުރަން ނިންމުމުން އެމެރިކާގެ ރައީސަށް ރާއްޖޭން މަރުހަބާ ކިޔައިފި

ވިހަ ގޭސް މަދުކުރަން ނިންމުމުން އެމެރިކާގެ ރައީސަށް ރާއްޖޭން މަރުހަބާ ކިޔައިފި

އަހުމަދު ޝުރާއު

logo

4/23/2021, 9:44:16 AM

download

ކުރިއަށް އޮތް 10 އަހަރުތެރޭ، ޖައްވަށް ދޫކުރާ ވިހަ ގޭހުގެ މިންވަރު 50 ޕަސެންޓު ދަށްކުރަން އެމެރިކާ އިން ނިންމުމުން އެ ގައުމުގެ ރައީސް ޖޯ ބައިޑެން އަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަރުހަބާ ވިދާޅުވެއްޖެ އެވެ.

ގޮސިޔާ

ރައީސް ސޯލިހް ކުރެއްވި ޓްވީޓްގައި ވިދާޅުވި ގޮތުގައި މޫސުމަށް އަންނަ ބަދަލުތަކުން ހުރިހާ އެންމެންނަށް ނޭދެވޭ އަަސަރު ކުރާ ކަމަށާއި ރާއްޖެ ފަދަ ޖަޒީރާ ގައުމުތަކުގެ ދެމިއޮތުމާ ގުޅުންހުރި ކަމެއްގައި އެމެރިކާ އިން މިސާލު ދެއްކުމުން ހިތްވަރު ލިބޭ ކަމަށެވެ. އަދި އެނިންމުމަށް ރާއްޖޭގެ ފަރާތުން މަރުހަބާ ދަންނަވާކަމަށްވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.

2030 ގެ ނިޔަލަށް، އެ ގައުމުން ޖައްވަށް ދޫކުރާ ގޭސްތައް ދެބައިކުޅަ އެއްބައި ދަށްކުރުމަށް އެމެރިކާގެ ރައީސް ބައިޑެން ވަނީ ނިންމަވާފައި އެވެ . މިއީ 2015 ވަނަ އަހަރުގެ ކުރިން، ޕެރިސް އެގްރީމެންޓްގެ ދަށުން އެ ގައުމުން ދަށްކުރަން އެއްބަސްވި އެމިޝަންގެ ދެ ގުނަ އިތުރު އަދަދެކެވެ.

ދުނިޔޭގެ ދުވަސް ނުވަތަ "އާތު ޑޭ" އާ ދިމާކޮށް އެމެރިކާ އިން މިކަން އިއުލާނުކުރި އިރު އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޕެރިސް އެގްރީމެންޓުން ވަކިވެ މޫސުމީ މައްސަލަތަކަށް ފުރަގަސް ދެއްވައިފަ އެވެ. ނަމަވެސް ބައިޑެން ވެރިކަމަށް ވަޑައިގެން އެއްބަސްވުން އިޔާދަކުރެއްވީ އެވެ.

އެމެރިކާ އިން އަނެއްކާ ވެސް ތިމާވެށީގެ މުއާހަދާއާ ގުޅުމަކީ ލިބުނު ކުރިއެރުމެއް ކަމަށް ވިދާޅުވެ އެމެރިކާގެ އައު ރައީސް ޖޯ ބައިޑެން އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މަރުހަބާ ވިދާޅުވެފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ