ފްލޫ ކްލިނިކްތަކުންވެސް ހިލޭ ޕީސީއާރް ޓެސްޓް ހެދޭނެ!

ރަށްރަށަށް ދަތުރުކުރައްވަން ބޭނުންވާ ފަރާތްތަކަށް ފްލޫ ކްލިނިކްތަކުން ވެސް ހިލޭ ޕީސީއާރު ޓެސްޓު ހެދޭނެ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޓިން ސެންޓަރ (އެޗްއީއޯސީ) އިން ބުނެފިއެވެ.

ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމަށް 14 ދުވަސްހަމަ ވުމުން ކަރަންޓީނު ނުވެ ރަށްރަށަށް ދެވޭ ގޮތް މިހާރު ހަމަޖައްސާފައިވާއިރު ދެ ޑޯޒް ފުރިހަމަ ކުރި ކަމުގައި ވި ނަމަވެސް އެއްވެސް ރަށަކަށް ދެވޭނީ ނެގެޓިވް ޕީސީއާރް ނަތީޖާއާއެކު ކަމަށް އެޗްއީއޯސީ އިން ވަނީ ބުނެފައެވެ.

މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން ރަށުގެ އާބާދީގެ 60 ޕަސެންޓު މީހުންނަށް ކޮވިޑް19 ވެކްސިންގެ ޑޯޒްތައް ހަމަވެފައިވާނަމަ، އެ ރަށަކަށް ކަރަންޓީނުވުމަކާ ނުލައި ދަތުރުކުރެވޭނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އެގޮތުން އާބާދީގެ 60 ޕަސެންޓު މީހުންނަށް ވެކްސިން ޑޯޒްތައް ހަމަވެފައިނުވާ ރަށްރަށަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް، ދެ ހަފްތާ ވެފައިވާ ފަރާތްތަކަށް ކަރަންޓީނާ ނުލައި ދަތުރުކުރެވޭއިރު، އެފަދަ ފަރާތްތައް ކަރަންޓީނާ ނުލައި ދަތުރުކުރުމަށް ހުއްދަދިނުމުގައި އަމަލު ކުރާނެ ގޮތްތައް ވެސް އެޗްޕީއޭ އިން ވަނީ އާންމުކޮށްފަ އެވެ. އެގޮތުން ރަށެއްގައި ބަލި އުޅޭ ނިސްބަތް ނުވަތަ ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް ފަސް ޕަސެންޓަށް ވުރެ މަތި ރަށަކުން އެނޫން ރަށަކަށް ދަތުރުކުރާނަމަ، ދަތުރުކުރެވޭނީ ޕީސީއާރް ނެގެޓިވް ޓެސްޓާއެކު އެވެ. ވެކްސިން ޖެހުމަށް ޝަރުތު ހަމަނުވާ ކުދިން އެފަދަ ފަރާތްތަކާއެކު ދަތުރުކުރަން ޖެހޭނަމަ، ޕީސީއާރް ނެގެޓިވް ޓެސްޓާއެކު ދަތުރުކުރެވޭނެ ކަމަށް އިއުލާނުގައި ބުނެއެވެ.

ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކުން ރާއްޖެއަށް އެތެރެވާއިރު ނެގެޓިވް ޕީ.ސީ.އާރު ނަތީޖާ އޮންނަންޖެހެއެވެ. ނުވަތަ ރާއްޖެ އެތެރެވުމަށްފަހު ޕީ.ސީ.އާރު ޓެސްޓް ހަދަންޖެހެއެވެ.

  • ޞިއްޙީ ޚިދުމަތްދޭ އެއްވެސް މަރުކަޒެއްގައި މަސައްކަތްކުރާ ފަރާތްތައް.
  • ޑޭކެއަރ ސެންޓަރުތަކުގައި މަސައްކަތް ކުރާ ފަރާތްތައް.
  • ސްކޫލުތަކުގައި މަސައްކަތްކުރާ ފަރާތްތައް.
  • ރެސިޑެންޝަލް ކެއަރގެ ޚިދުމަތްދޭ ތަނެއްގައި މަސައްކަތްކުރާ ފަރާތްތައް.

މާލޭގެ އެކި ސަރަހައްދުތަކުން ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ނަގާ ސާމްޕަލްގެ ނަތީޖާއިން ރަށްރަށަށް ދަތުރު ކުރެވޭނެ ކަމަށް ވެސް އެޗްއީއޯސީ އިން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓް

Leave a Reply

Your email address will not be published.

ގުޅުންހުރި ލިޔުންތައް