logoEN
cocacola
ވެކްސިން ޓޫރިޒަމް ޕްރޮގްރާމް މިއަހަރުގެ 3ވަނަ ކުއާޓަރގައި ފެށޭވަރުވާނެ: މައުސޫމް

ވެކްސިން ޓޫރިޒަމް ޕްރޮގްރާމް މިއަހަރުގެ 3ވަނަ ކުއާޓަރގައި ފެށޭވަރުވާނެ: މައުސޫމް

ހުސެއިން

logo

4/22/2021, 3:22:27 PM

minister mausoom

ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ވެކްސިން ދިނުމުގެ (3 ވީ) ޕްރޮގްރާމް މިއަހަރުގެ 3 ވަނަ ކުއާޓަރުގައި ފެށޭވަރުވާނެކަމަށް ޓޫރިޒަމް މިނިސްޓަރ ޢަބްދުﷲ މަޢުސޫމް ވިދާޅުވެއްޖެއެވެ.

ގޮސިޔާ

މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ ސީއެންއެންއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ.

މި ވެކްސިން ޕްރޮގްރާމާ ގުޅޭގޮތުން މައުލޫމާތުދެއްވަމުން މިނިސްޓަރ މައުސޫމް ވިދާޅުވީ މި ޕްރޮގްރާމް ފަށާނީ ރާއްޖޭގެ އާބާދީގެ އެންމެންނަށް ވެކްސިންދީ ނިމުމުން ކަމަށެވެ.

މި ޕްރޮގްރާމާއި ގުޅިގެން އިތުރު ޗާޖެއް ފަތުރުވެރިން އަތުން ނަގާނެތޯ ސީ.އެން.އެން އިންކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ މި ޕްރޮގްރާމްގެ މައިގަނޑު ބޭނުމަކީ ފަތުރުވެރިކަމުގެ ތެރެއިން އިތުރު ވިޔަފާރިއެއް ފެށުން ނޫން ކަމަށާއި މިއީ ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ޝުކުރު އަދާކުރުމުގެ ގޮތުން ފަށަން ގަސްދުކުރާ ޕްރޮގްރާމެއް ކަމަށެވެ.

މިނިސްޓަރ މައުސޫމް ވަނީ ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރި އަސަރުތަކުގެ މަޢުލޫމާތުތައްވެސް ޙިއްސާކޮށްފައެވެ. އަދި މިކަމުން އަރައިގަތުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލްވެސް މިނިސްޓަރ ޙިއްސާކުރެއްވިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ