logoEN
ކޮކާކޯލާ
ކޮވިޑް ވެކްސިންގެ ދެ ވައްތަރެއްގެ ދެ ޑޯޒް ޖެހުނު މީހާއަށް ގެއްލުމެއް ނެތް: އެޗްއީއޯސީ

ކޮވިޑް ވެކްސިންގެ ދެ ވައްތަރެއްގެ ދެ ޑޯޒް ޖެހުނު މީހާއަށް ގެއްލުމެއް ނެތް: އެޗްއީއޯސީ

rk_Sinopharm_290321 (1)

ކޯވިޑް-19 ވެކްސިންގެ ދެ ވައްތަރު ދެ ޑޯޒު ޖެހުނު މީހާއަށް ސިއްހީ އެއްވެސް މައްސަލައެއް ދިމާވާނެ ކަމަށް ނުބެލެވޭނެ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

އަބުޅޯ

އެޗްއީއޯސީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވެމެއްގައި އެޗްޕީއޭގެ ޑިރެކްޓަރ އަހުމަދު ނާސިރު ވިދާޅުވީ އެފަދަ މައްސަލައެއް ފާހަގަވެފައިވާ ކަމަށާއި އަދި އެ މައްސަލަ މޮނީޓަރކޮށް ބަލަހައްޓަމުން ގެންދަވާކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ވޯލްޑް ހެްތު އޯގަނައިޒޭޝަން (ޑަބްލިއު.އެޗް.އޯ) އާ އެކު މަޝްވަރާކުރެވެމުން އަންނަކަމަށް އަހުމަދު ވަނީ ފާހަގަކޮށްފައެވެ.

އަހުމަދު އިތުރަށް ވިދާޅުވީ އެމީހާއަކަށް އިތުރު ޑޯޒެއް ދެން ނުޖަހާނެކަމަށާއި އަދި މިހާތަނަށް ހެދިފަ ހުރި ހުރިހާ ރިސާޗްތަކަށް ބަލާއިރު، މިކަމުގެ ސަބަބުން އެމީހާއަށް ގެއްލުމެއް ނެތްކަމަށެވެ. އަދި ދެ ޑޯޒް ޖެހުމުން ލިބޭ ފައިދާ ހަމަ އެންމެ ފުރިހަމަ ގޮތުގައި އެފަރާތައް ލިބޭނެކަމަށް އަހުމަދު ފާހަގަ ކުރެއްވިއެވެ. އަދި ކުރިއަަށް އޮތްތަނުގައި މިފަދަ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދެއްވާނެކަމަށެވެ.

ކޮވިޑް-19އިން ދިފާއުވުމަށް، މީހެއްގެ ގަޔަށް ދެ ވައްތަރެއްގެ ދެ ޑޯޒް ވެކްސިން ޖެހި ކަމަށް ބުނާ މައްސަލައެއް ފެންމަތިވީ މިއަދުއެވެ. ވެކްސިން ދީފައި ވަނީ ފިރިހެން ބޭފުޅަކަށެވެ. އޭނާއަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައިވަނީ މިދިޔަ މަހުގެ 22ގައި، ހުޅުމާލެ ވެކްސިނޭޝަން ސެންޓަރުންނެވެ. އެދުވަހު އޭނާގެ ގަޔަށް ޖަހާފައިވަނީ ސިނޮފާމް ވެކްސިނެވެ. އެމީހާއަށް ވެކްސިން ޖަހާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ