logoEN
cocacola
ބަރުލަމާނީއަށް ތަޢީދު ކުރެއްވީ އެމްޑީޕީއަށް ނިސްބަތްވާ 23 މެންބަރުން!

ބަރުލަމާނީއަށް ތަޢީދު ކުރެއްވީ އެމްޑީޕީއަށް ނިސްބަތްވާ 23 މެންބަރުން!

އަހުމަދު ޝުރާއު

logo

4/22/2021, 10:10:30 AM

Political-Party

ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ އޮތް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ މަޖިލީސް މެންބަރުންގެ ތެރެއިން ބަރުލަމާނީ ނިޒާމަށް ތާޢީދު ކުރައްވަނީ 23 މެންބަރުންކަން ހާމަވެއްޖެއެވެ.

ގޮސިޔާ

މަޖިލީހުގެ ރައީސް އިސްވެ ހުންނަވާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގްރޫޕްގައި ނެގުނު ޚިޔާލު ހޯދުމުގެ ވޯޓްގައި ބަރުލަމާނީ ނިޒާމަށް ވޯޓް ދެއްވައިފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ 65 މެންބަރުންގެ ތެރެއިން އެންމެ 23 މެންބަރުންނެވެ.

ސަރުކާރު އުވާލާ ރާއްޖޭގެ ހިންގުން ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް ބޮޑުވަޒީރުކަން ބޭނުންފުޅުވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް މެސެޖަކުން ވަނީ އަންގަވާފައެވެ. މިމެސެޖުގައި އެމަނިކުފާނު ވަނީ ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ޖެހޭ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފަ އެވެ. އަދި އެ މަޝްވަރާތައް ކުރިއަށް ގެންދަވަން ބޭނުންފުޅުވާ ކަމަށްވެސް ވިދާޅުވި އެވެ. ނަޝީދުގެ މެސެޖުގައި އެދިވަޑައިގެންފައިވަނީ ސަރުކާރު އުވާލައްވާ، 2023 ގައި ރިޔާސީ އިންތިހާބު ނުބޭއްވުމަށެވެ. އަދި ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލުމަށެވެ. އަދި ބޮޑުވަޒީރަކަށް ވެވަޑައިގަތުމުގެ ޝައުގުވެރިކަން ވަނީ ފާޅުކުރައްވާފަ އެވެ.

އޭގެ ޖަވާބުގައި މިހާރު އަމަލު ކުރަމުންދާ ވެރިކަމުގެ ނިޒާމަކީ ރައްޔިތުންގެ ސީދާ ވޯޓަކުން ކަނޑައަޅާފައިވާ ނިޒާމަކަށް ވާތީ ވެރިކަމުގެ ނިޒާމަށް ބަދަލު ގެނެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވަނީ ވިދާޅުވެފައެވެ

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ