logoEN
cocacola
ބްރޯޑްކޮމްއަށް ޝިފްލާ އައްޔަން ކުރަން ކޮމެޓީން ފާސްކޮށްފި

ބްރޯޑްކޮމްއަށް ޝިފްލާ އައްޔަން ކުރަން ކޮމެޓީން ފާސްކޮށްފި

big_exmoSuw7cUG9jJ6x99ocREFNR

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުކަަމަށް ޝިފްލާ އިބްރާހީމް އައްޔަނުކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފި އެވެ.

ގޮސިޔާ

މީގެ ކުރިން ދެ ފަހަރެއްގެ މަތިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ބްރޯޑްކޮމްގެ މެންބަރު ކަމަށް ޝިފްލާ އައްޔަންކުރަން ރުހުން ހޯދުމަށް މަޖިލީހަށް ހުށަހަޅުއްވާފަ އެވެ. މިއީ އޭނާއަށް ކޮމެޓީން ރުހުން ދިން ތިން ވަނަ ފަހަރެވެ.

ނަން ލިސްޓުގެ އެންމެ ކުރީގައި އޭނާގެ ނަން ބޭއްވުމަށްފަހު ކުރިން ދެ ފަހަރުވެސް މަޖިލީހުގެ ތަޅުމުން ވަނީ އޭނާ އަށް ރުހުން ނުދީފަ އެވެ. ތިންވަނަ ފަހަރަށް ކޮމިޓީން ޝިފްލާ އަށް ރުހުން ދިން ނަމަވެސް ރައީސް ސޯލިހް މިފަހަރު މަޖިލީހަށް ފޮނުއްވި ލިސްޓުގެ ކުރީގައި އޮތީ މ. ވެންކޫވާ، ފާތުމަތު ސައުޝަން އެވެ. ޝިފްލާގެ ނަން އޮތީ ދެވަނައިގަ އެވެ.

ޝިފްލާ ވަނީ ޖާނަލިޒަމްގެ ދާއިރާއާއި ޑިގްރީއާއި މާސްޓާސް ވެސް ހާސިލްކުރައްވާފަ އެވެ. އޭނާ މިހާރު ވެސް ގެންދަވަނީ ޕާޓްޓައިމްކޮށް ސަންގު ޓީވީގައި ނިއުސް އޭންކަރެެއްގެ ވަޒީފާ އަދާކުރައްވަމުންނެވެ.

ބްރޯޑްކޮމްގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލީ އެ ކޮމިޝަންގެ މެމްބަރު އައިމިނަތު ސަހާރަތު އިއްޒަތުގެ ދައުރު ހަމަވުމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ