logoEN
Sto top
އިޤްތިޞާދު ފުނޑި މިޙާލަތަށް ޤައުމު ވެއްޓުނީ ދެކޮޅުޖެހޭ ސިޔާސަތެއް ނެތީމަ: ޖަމީލް

އިޤްތިޞާދު ފުނޑި މިޙާލަތަށް ޤައުމު ވެއްޓުނީ ދެކޮޅުޖެހޭ ސިޔާސަތެއް ނެތީމަ: ޖަމީލް

ހުސެއިން

logo

4/21/2021, 3:01:52 PM

Dr.Jameel Vp

އިޤްތިޞާދު ފުނޑި މިޙާލަތަށް ޤައުމު ވެއްޓުނީ ސަރުކާރުގައި ދެކޮޅުޖެހޭ ސިޔާސަތެއް ނެތުމުން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

Wamco

ޑރ ޖަމީލް މިހެން ވިދާޅުވެފައިވަނީ މިއަދު ފައިސާ ޗާޕުކުރުމުގެ މައްސަލަ މަޖިލީހުގެ ހާއްސަ ކޮމިޓީއަކަށް ފޮނުވަން ފާސްކުރުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

ޑރ. ޖަމީލް ވިދާޅުވީ އިޤްތިޞާދު ފުނޑި މުވައްޒަފުންނަށް މުސާރަދޭނެ ގޮތެއް ނެތް ކަމަށާއި މި ޙާލަތަށް ޤައުމު ވެއްޓުނީ ދެކޮޅުޖެހޭ ސިޔާސަތެއް ސަރުކާރުގަ ނެތުމުން ކަމަށެވެ.

ސިޔާސީ މަޤާމްތައް، ބޯޑުތައް، ދަތުރުތަކަށް ހުއްޓުމެއްނެތް. ވަޒީފާއަށް ނުނުކުމެ މުސާރަ ނަގަނީ. ޢާއްމުންގެ ޖީބު ހުސްކުރާއިރު ޚިދުމަތް ސުމެއް! އެމްޑީޕީން ރައްޔިތުން ލޫޓްވަނީ. ޖަމީލް ވިދާޅުވިއެވެ.

ޕަބްލިކް ބޭންކު އެކައުންޓުން ދައުލަތުގެ ހަރަދުތަކަށް ފައިސާ އޯވަ ޑުރޯ ކުރަން، (ރުފިޔާ ޗާޕު ކުރެވޭ ގޮތަށް) ރައްޔިތުންގެ މަޖިލީހުން ފިނޭންސް މިނިސްޓްރީއަށް ދީފައިވާ ހުއްދައިގެ މުއްދަތު އިތުރު ކުރުމާ މެދު މަޖިލީހުގެ އިއްޔެ ޖަލްސާއިން ގޮތެއް ނުނިމުމުން، އެ މައްސަލަ އަލުން ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާއަށް ހުށަހަޅައި ދިރާސާ ކުރުމަށް ކޮމިޓީއަކަށް ފޮނުވަން މިއަދު ވަނީ ފާސްކޮށްފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside