logoEN
Sto top
ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމުގެ ބިލަށް ހިޔާލު ހޯދަނީ!

ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމުގެ ބިލަށް ހިޔާލު ހޯދަނީ!

އަހުމަދު ޝުރާއު

logo

4/21/2021, 9:58:14 AM

9T1v2KEBeo1pB8bTYroSgE3rulYUmez9Q56AJguO

ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނު އުވާލުމުގެ ބިލަށް ހިޔާލު ހުށަހެޅުމަށް އާންމުންނަށް ފުރުސަތު ހުޅުވާލައިފި އެވެ.

Wamco

ރައްޔިތުންގެ މަޖިލީހުން އެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 26ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00ގެ ނިޔަލަށެވެ. މަޖިލީހުގެ އިދާރާއިން ބުނީ އީމެއިލް ކޮށްގެންނާއި ލިޔުމެއް މަޖިލީހުގެ އިދާރާ އަށް ފޮނުވައިގެން ވެސް ހިޔާލު ހުށަހެޅިދާނެ ކަމަށެވެ.

ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމަށް މަޖިލީހަށް ހުށަހެޅީ ކަނޑުދަތުރުފަތުރާއި އެއްގަމު ދަތުރުފަތުރުގެ ކަންކަން ހަރުދަނާ ކުރުމުގެ ގޮތުން ކަމަށް ބިލްގައިވެ އެވެ. ސަރުކާރުގެ ފަރާތުން މިބިލް މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީއަށް ނިސްބަތްވާ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު އެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމަށްފަހު އެތަނުގެ މަސައްކަތްތަކާއި މުވައްޒަަފުން ޓްރާންސްޕޯޓް މިނިސްޓްރީއަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފަ އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމަށް މަޖިލީހަށް ހުށަހެޅީ އެ އޮތޯރިޓީއާއި ޓްރާންސްޕޯޓް މިނިސްޓްރީގެ އިހްތިޞާސްގައި ފުށުން އެރުންތަކެއް ހުރެ، މިނިސްޓްރީން ދެމުންދާ ހިދުމަތްތައް ވަރަށް ބޮޑަށް ލަސްވެ އާންމުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވުމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވެސް ވަނީ ޓްރާންސްޕޯޓް އޮތޯރިޓީ އުވާލައްވާނެ ކަމަށް މިދިޔަ މަހުގެ 10 ވަނަ ދުވަހު ވިދާޅުވެފަ އެވެ. އަދި އޮތޯރިޓީ އުވާލާއިރު އެތަނުގައި މަސައްކަތް ކުރާ އެއްވެސް މުވައްޒަފަކަށް ދެރައެއް ނުލިބޭނެ ގޮތަށް ހުރިހާ ކަމެއް ހަމަޖައްސަވާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside