logoEN
Sto top
ކޮވިޑް ފެތުރޭ މިންވަރު %5އަށް ވުރެ މަތީގައި 6 ރަށެއް!

ކޮވިޑް ފެތުރޭ މިންވަރު %5އަށް ވުރެ މަތީގައި 6 ރަށެއް!

large_158694882515cCOB

ކޮވިޑް-19 ފެތުރޭ މިންވަރު 5 އިންސައްތައަށްވުރެ މަތީގައި މާލެ ފިޔަވާ 6 ރަށެއް ހިމެނޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗް.ޕީ.އޭ)އިން ވިދާޅުވެއްޖެއެވެ.

Wamco

ގްރޭޓަރ މާލޭ ސަރަހައްދު ފިޔަވާ، ކޮވިޑް ކޭސްތައް ފަސް އިންސައްތައަށްވުރެ މަތި ރަށްތަކަކީ

ބ. މާޅޮސް

ޅ. ނައިފަރު

ތ. ވޭމަންޑޫ

ކ. ހުރާއާއި

ކ. ދިއްފުށި

އދ. މާމިގިލި

ކޮވިޑާއި ގުޅިގެން ދަތުރުފަތުރު ކުރުމުގައި ކަރަންޓީނު ކުރުމަށް އަޅައިފައިވާ ހާއްސަ ފިޔަވަޅުތަކަށް ބަދަލުގެނައުމަށް މިމަހުގެ 16 ވަނަދުވަހު އެޗްޕީއޭއިން ވަނީ ނިންމާފައެވެ.

އެގޮތުން އާބާދީގެ %60 މީހުންނަށް ވެކްސިންގެ ޑޯޒްތައް ހަމަވެފައިވާނަމަ، އެ ރަށަކަށް ކަރަންޓީނުވުމަކާ ނުލައި މިހާރު ދަތުރުކުރެވޭނެއެވެ. އަދި އާބާދީގެ %60 މީހުންނަށް ވެކްސިން ޑޯޒްތައް ހަމަވެފައިނުވާ ރަށްރަށަށް ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށް، 14 ދުވަސް ފުރިހަމަވެފައިވާ ކޮންމެ މީހަކަށް މިހާރު ކަރަންޓީނު ނުވެ ދަތުރުކުރެވޭނެއެވެ.

އެހެންނަމަވެސް އެރަށެއްގައި ބަލި އުޅޭ ނިސްބަތް ނުވަތަ ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް %5 އަށްވުރެ މަތި ރަށްތަކުން އެނޫން ރަށަކަށް ދަތުރުކުރެވޭނީ ޕީ.ސީ.އާރް ނެގެޓިވް ނަތީޖާއާއި އެކުއެވެ. އަދި ވެކްސިން ޖެހުމަށް ޝަރުތު ހަމަނުވާ ކުދިން ދަތުރުކުރަން ޖެހޭނީ ޕީ.ސީ.އާރް ނެގެޓިވް ނަތީޖާއާއެކުގައި ކަމަށް އެޗް.ޕީ.އޭއިން ދިން ލުއިތަކުގައިވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside