logoEN
cocacola
ދާއިމީ ނަތީޖާ އިއުލާންކުރުން މިރޭ!

ދާއިމީ ނަތީޖާ އިއުލާންކުރުން މިރޭ!

އަހުމަދު ޝުރާއު

logo

4/20/2021, 11:59:50 AM

elections-comission-ec-shareef-lce-9-876x585

މިއަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބުގެ ދާއިމީ ނަތީޖާ އަންގާރަ ދުވަހުގެރޭ އިއުލާނު ކުރަން ފަށާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ގޮސިޔާ

ހޯމަ ދުވަހުގެ ރޭ އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ، އިންތިޚާބުގެ ދާއިމީ ނަތީޖާ ކަށަވަރުކުރުމުގެ މަސައްކަތުގެ 90 އިންސައްތައަށް ވުރެ ބޮޑުބައި މިހާރު ނިމިފައި ވާކަމަށާއި ދާއިމީ ނަތީޖާ އިއުލާނުކުރަން ފަށާތާ ތިން ދުވަސްތެރޭ ހުރިހާ ވޯޓު ފޮއްޓެއްގެ ނަތީޖާ އިއުލާނުކޮށް ނިމޭނެކަމަށް އުންމީދު ކުރައްވާކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އުންމީދު މިކުރަނީ، ދާއިމީ ނަތީޖާ އިއުލާނު ކުރުމަށްޓަކައި ތިން ދުވަހެއް ބޭނުންވާނެ، އެހެންވީމަ ކުރިއަށް އޮތް ތިން ދުވަސްތެރޭ ދާއިމީ ނަތީޖާ އިއުލާނުކޮށް ނިމޭނެކަމަށް " އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވިއެވެ.

ދާއިމީ ނަތީޖާ އިއުލާނުކުރުން ނިމުމާއެކު، އިންތިޚާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހޭނަމަ، އެކަން އިލެކްޝަންސް ކޮމިޝަނުން އިއުލާނުކުރާނެ ކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.

މީގެ އިތުރުން، އިންތިޚާބާއި ގުޅިގެން ހުށަހެޅިފައިވާ ޝަކުވާތަކަށް ބެލުމަށްފަހު، ތިން ވޯޓުފޮށްޓެއްގެ ވޯޓުލުން އަލުން ކުރިއަށް ގެންދިޔުމަށް ނިންމާފައި ވާކަމަށް ޝަރީފް ވިދާޅުވިއެވެ. އެއީ، ތ. ގާދިއްފުށީ ވޯޓު ފޮއްޓެއްގެ އިތުރުން، ލ. މާވަށު ދެ ފޮއްޓެއްގެ ވޯޓުލުމެވެ. މި ތިން ފޮށީގެ ވޯޓުލުން ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ، ދާއިރާއަށް ނިސްބަތްނުވާ މީހުން އެ ފޮށިތަކަށް ވޯޓުލީ މައްސަލައާ ގުޅިގެންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ