logoEN
cocacola
ގއ އަތޮޅުގެ ދެ ވޯޓު ފޮށްޓެއް އަލުން ގުނަނީ

ގއ އަތޮޅުގެ ދެ ވޯޓު ފޮށްޓެއް އަލުން ގުނަނީ

އަހުމަދު ޝުރާއު

logo

4/20/2021, 11:03:13 AM

56276015_10156996851080821_8996013381785747456_n

ގއ އަތޮޅުގެ ދެ ވޯޓު ފޮށްޓެއް ހިމެނޭހެން ޖުމުލަ 11 ވޯޓު ފޮށްޓެއްގެ ސެކިއުރިޓީ އުރަ އަންގާރަ ދުވަހު ( މިއަދު ) ކެނޑުމަށް ނިންމާފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ގޮސިޔާ

ހޯމަ ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ އިލެކްޝަން ކޮމިޝަނަށް ލިބިފައިވާ ޝަކުވާތަކަށް ބެލުމަށްފަހު އަންގާރަ ދުވަހު 11 ވޯޓު ފޮއްޓެއްގެ ސެކިއުރިޓީ އުރަ ކަނޑައި، ބަލަންޖެހޭ ކަންކަން ބެލުމަށް ނިންމާފައިވާ ކަމަށެވެ. އަދި ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބާ ގުޅިގެން 208 ޝަކުވާއެއް ލިބިފައިވާ ކަމަށާއި، އޭގެ ތެރެއިން ގިނަ ޝަކުވާތަކަކީ އެއްވެސް އަސްލެއްގެ މައްޗަށް ނޫން ގޮތަކަށް ލިބިފައިވާ ޝަކުވާތަކެއް ކަމަށެވެ. ޝަރީފް އިތުރަށް ވިދާޅުވި ގޮތުގައި ލިބުނު ޝަކުވާތަކުގެ ތެރެއިން 11 ޝަކުވާއެއް ބެލުމަށް ނިންމާފައިވާ ކަމަށެވެ. މީގެ ތެރޭގައި ގއ އަތޮޅުގެ ދެ ވޯޓު ފޮށްޓެއް ހިމެނެއެވެ.

ސެކިއުރިޓީ އުރަ ކަނޑައިގެން ބެލުމަށް ނިންމާފައިވާ ގއ އަތޮޅަށް ނިސްބަތްވާ ވޯޓު ފޮށިތައް:

ގއ. އަތޮޅު ހަ ނަމްބަރު ވޯޓު ފޮށި (މާލޭގައި ބެހެއްޓިފައި ހުރި) ބާތިލް ވޯޓު ގުނައިދިނުމަށް އެދިފައި ވުމުން

ގއ. ދެއްވަދޫ ވޯޓު ފޮށި، (ޕީ6.1) ކައުންސިލް މެމްބަރުންގެ ބާތިލް ވޯޓު ގުނުމަށް ޝަކުވާ ހުށަހަޅާފައިވާތީ

މި ދެވޯޓު ފޮށީގެ އިތުރުން އިތުރު 9 ވޯޓު ފޮއްޓެއްގެ ސިޓީ އުރަ ކަނޑައިގެން ބެލުމަށް ވަނީ ނިންމާފައި އެވެ. މި ފޮށިތަކުގެ ސެކިއުރިޓީ އުރަ ކަނޑައިގެން ބެލުމަށް ނިންމީ ފަރަގު ކުޑަވުމުން ކަމަށެވެ.

ޝަރީފް ވިދާޅުވީ މި 11 ފޮށީގެ ސެކިއުރިޓީ އުރަ 3 ކަނޑައިގެން އިންތިޚާބުގެ ނަތީޖާ ކަށަވަރު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި މި ކަންކަން ކުރިޔަށްދާއިރު، ވޯޓު ފޮށީގެ މަސްލަހަތު ހިމެނޭ ފަރާތްތަކަށް އެކަން މޮނީޓަރކުރުމަށް ފުރުސަތު ދެވިގެންދާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ