logoEN
Sto top
މޮރީނިއޯ ޓޮޓެންހަމްގެ ކޯޗުކަމުން ވަކިކޮށްފި

މޮރީނިއޯ ޓޮޓެންހަމްގެ ކޯޗުކަމުން ވަކިކޮށްފި

އަހުމަދު ޝުރާއު

logo

4/19/2021, 11:31:31 PM

XnxXy3szGlGf_WZ8jEYMk5ix9_1440x.960

ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗުކަމުން، ހޯސޭ މޮރީނިއޯ ވަކިކޮށްފި އެވެ.

Wamco

ނޮވެމްބަރު 2019 ގައި ޓޮޓެންހަމްގެ ކޯޗުކަމަށް ހަމަޖެއްސި، މޮރީނިއޯ މަގާމުން ވަކި ކޮށްފައިވާކަން އެންމެ ފުރަތަމަ ރިޕޯޓް ކުރީ ބައިނަލަޤްވާމީ ނޫހެެއް ކަމުގައިވާ ޓެލެގްރާފް ނޫހުންނެވެ. އޭގެ ފަހުން ދި އެތުލެޓިކުން ވެސް ވަނީ ޓޮޓެންހަމްގެ ކޯޗުކަމުން މިއަދު މޮރީނިއޯ ވަކި ކޮށްފައިވާކަން މުއުތަބަރުކޮށް ކަށަވަރުވެފައިވާ ކަމަށެވެ.

އެކަމާ ބެހޭގޮތުން ޓޮޓެންހަމް އިން ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުމުން ޑިސެމްބަރު 2018 ގައި ވަކި ކުރިފަހުން ކޯޗުކޮށްދޭނެ ޓީމެއް ނުލިބި މޮރީނިއޯ ގާތްގަނޑަކަށް އެއް އަހަރު ހޭދަ ކުރި އެވެ. އެ މުއްދަތުގައި އޭނާ މަސައްކަތް ކުރީ ފުޓްބޯޅަ އެނަލިސްޓެއްގެ ގޮތުގަ އެވެ. ޓޮޓެންހަމްގެ ކޯޗް ކަމަށް އޭނާ ހަމަޖެއްސީ، މައުރީޝިއޯ ޕޮޗެޓިނޯ މަގާމުން ވަކި ކުރުމަށް ފަހު އެވެ.

މޮރީނިއޯ ކޯޗުކަމުން، ވަކިކުރި އިރު ޓޮޓެންހަމް ހޮޓްސްޕާސް އޮތީ ލީގުގެ ހަތް ވަނައިގަ އެވެ. ގަދަ ހަތަރެއްގެ ތެރެއަށް އެ ޓީމަށް ވަނުމުގެ ފުރުސަތު ކުޑަ އެވެ. އެހެންނަމަވެސް އޭނާ ވަނީ އިނގިރޭސި ލީގު ކަޕުގެ ފައިނަލަށް ޓޮޓެންހަމް ގެންގޮސްދީފަ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside