logoEN
ކޮކާކޯލާ
ރައީސް ޔާމީން ޖެއްސެވީ ފާއިޒާ ވެކްސިން!

ރައީސް ޔާމީން ޖެއްސެވީ ފާއިޒާ ވެކްސިން!

އަހުމަދު ޝުރާއު

logo

4/19/2021, 11:22:52 PM

img_md_202104150809031618499343.1305

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް މިރޭ ޖައްސަވައިފި އެވެ.

އަބުޅޯ

ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް ވަނީ މިކަން ކަށަވަރުކޮށްދީފައި އެވެ. މީޑިއާ އޮފިޝަކް ވިދާޅުވީ ވެކްސިން ޖެއްސެވުމަށްފަހު ރައީސް ޔާމީން އަނބުރާ މާފުށީ ޖަލަށް ގެންގޮސްފައިވާ ކަމަށެވެ. އެނގިފައިވާ ގޮތުގައި މިރޭ އޭޑީކޭ ހޮސްޕިޓަލްފައި ރައީސް ޔާމީން ޖެއްސެވީ ފައިޒާ ވެކްސިނެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ ވެސް ވެކްސިން ޖެއްސެވުމަށްޓަކައި ރައީސް ޔާމީން މާލެ ގެނައި ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.އެރޭ ކަރެކްޝަންސް އިން ބުނީ ވެކްސިން ޖެއްސެވުމަށް ރައީސް ޔާމީން އިންކާރު ކުރެއްވި ކަމަށެވެ. ނަމަވެސް ވަކީލުން އެކަން ދޮގުކުރެ އެވެ.

އެމަނިކުފާނުގެ ގާނޫނީ ޓީމުން ނެރުނު ބަޔާނެއްގައި ވަނީ ރައީސް ޔާމީން ގޮވައިގެން އައި ލޯންޗް މާލޭ ޖަލު ސަރަހައްދުގައި މަޑުކޮށްގެން އޮތުމަށްފަހު އެނބުރި ގޮސްފައިވާ ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ