logoEN
cocacola
ވެރިކަމުގެ ނިޒާމު ކަނޑައަޅާނީ ރައްޔިތުން - ރައީސް

ވެރިކަމުގެ ނިޒާމު ކަނޑައަޅާނީ ރައްޔިތުން - ރައީސް

އަހުމަދު ޝުރާއު

logo

4/19/2021, 4:19:33 PM

177392_0ddf51cf-9_-scaled

މިހާރު އަމަލު ކުރަމުންދާ ވެރިކަމުގެ ނިޒާމަކީ ރައްޔިތުންގެ ސީދާ ވޯޓަކުން ކަނޑައަޅާފައިވާ ނިޒާމަކަށްވާތީ ވެރިކަމުގެ ނިޒާމަށް ބަދަލު ގެނެވޭނީވެސް ރައްޔިތުންގެ ވޯޓަކުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ގޮސިޔާ

އުމު ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެ، ބޮޑުވަޒީރަކަށް ވުމުގެ ޝައުގުވެރިކަން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރޭ ފޮނުއްވި އެސްއެމްއެސްއެއްގައި ނަޝީދު ފާޅުކުރެއްވުމާ ގުޅިގެން ރައީސް ސޯލިހް , ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވަނީ މިކަމުގައި ރައީސްގެ ސްޓޭންޑް ނޫސްވެރިންނާއި ހިއްސާކުރައްވާފައި އެވެ. އެގޮތުން މިހާރު އަމަލުކުރާ ވެރިކަމުގެ ނިޒާމަށް އަމަލުކުރަނީ ރައްޔިތުންގެ ސީދާ ވޯޓަކުން ކަމަށް ވާތީ، އެ ނިޒާމަށް ބަދަލު ގެނެވޭނީ ވެސް އެ ރައްޔިތުންގެ ވޯޓަކުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެކެވަޑައިގަންނަވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ނަޝީދު އާދީއްތަ ދުވަހު ރައީސް ސޯލިހްއަށް ފޮނުވި އެސްއެމްއެސްގައި ވިދާޅުވީ، 2024 ގައި ރައީސަކު ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުން ކަމަށެވެ. އަދި [2023ގެ ރިޔާސީ އިންތިހާބު ނުބާއްވައި] ރައީސަކު ކަނޑައަޅާނީ މިހާރު އޮތް މަޖިލީހުން ކަމަށް ވެސް އެ މަނިކުފާނުގެ މެސެޖުގައި ވެ އެވެ.

މިހާރު އަމަލުކުރާ ރިޔާސީ ނިޒާމަށް ވެރިކަން ކުރަނީ އޮގަސްޓް 18، 2007 ގައި ނެގި ވޯޓުގެ ބޮޑު ޕަސެންޓެއްގެ ރައްޔިތުން އެ އަށް ތާއީދު ކުރުމުންނެވެ. އެއީ 62 ޕަސެންޓެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ