logoEN
Sto top
އެމްޑީޕީގެ އެތެރޭގެ އިންތިޚާބު މެއި 29 ގައި

އެމްޑީޕީގެ އެތެރޭގެ އިންތިޚާބު މެއި 29 ގައި

ހުސެއިން

logo

4/19/2021, 3:53:35 PM

image_5PK33i3yLQt4fAt

މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބު އަންނަ މަހުގެ 29 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސައިފިއެވެ.

Wamco

މި އިންތިހާބަކީ އެޕާޓީގެ ދާއިރާތަކުގެ ހިންގާ ކޮމިޓީތަކާ ޕްރޮވިންސްތަކަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބެކެވެ.

މި އިންތިހާބުގައި ވޯޓުލެވޭނީ އެ ދާއިރާއެއްގައި ހިމެނޭ ޕާޓީގެ އާންމު މެންބަރުންނަށެވެ. އިންތިހާބުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށްޓަކައި، އެ ޕާޓީގެ މެންބަަރަކަށް ވުމަށް އެދޭ ފޯމް ބަލައިގަތުންވެސް އަންނަ މަހުަގެ 29ވަނަ ދުވަހާ ހަމައަށް މިހާރު މެދުކަނޑާލެވިފައިވާކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ. މި އިންތިހާބުގައި ވޯޓު ލެވޭނީ އޭޕްރިލް 18 ވަނަ ދުވަހާ ހަމައަށް އެޕާޓީގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

ޕާޓީގެ އެކި ދާއިރާތަކަށް ވާދަކުރާ މެންބަރުންނަށް މިހާތަނަށް ފުރުސަތު ހުޅުވާލާފައި ނުވިނަމަވެސް، ސޯޝަލް މީޑިއާގައި އެކި ފަރާތަތްކުންދަނީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އެކި ދާއިރާތަކުގެ އެކި މަގާމްތަކަށް ކުރިމަތިލުމަށް ނިންމާފައިވާކަން އިއުލާންކުރަމުންނެވެ. މީގެތެރޭގައި ޕާޓީގެ އިސް ފަރާތްތަކާ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްވެރިންވެސް ހިމެނެއެވެ.

އެމްޑީޕީން 2016 ވަނަ އަހަރު އިންތިހާބުކޮށްފައިވާ ޤައުމީ މަޖިލީހުގައި 140 އަށްވުރެ ގިނަ މެންބަރުން ހިމެނެއެވެ. އެމްޑީޕީގެ ޤައުމީ މަޖިލީހަކީ ޕާޓީގެ އެންމެ މުހިންމު ނިންމުންތައް ނިންމުމުގައި މަޝްވަރާ ކުރާ މަޖިލީހެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside