logoEN
ޕީއެންސީ 2
ޔޫރަޕިއަން ސުޕާ ލީގް "މަހުޖަނުންގެ ލީގް"

ޔޫރަޕިއަން ސުޕާ ލީގް "މަހުޖަނުންގެ ލީގް"

6C931093-7A5A-4D22-AAA3-88629A59D38A

ގިނަ ކްލަބްތަކެއް އެކަހެރިކޮށް ޔޫރަޕުގެ ބާރުގަދަ ކުލަބުތަކުން ޔޫރަޕިއަން ސުޕަ ލީގުގެ ނަމުގައި އާ މުބާރާތެއް އިއުލާން ކޮށްފި އެވެ.

ޝަރީ 2024

ރޭ ސުޕަ ލީގު އިއުލާނުކޮށް އެ ލީގުގެ ޗެއާމަނަކީ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އެވެ .އޭނާގެ ނައިބަކީ، ޔުވެންޓަސްގެ ޗެއާމަން އަންޑްރެއާ އަގްނޭލީ އެވެ. އަދި ވައިސް ޗެއާމަނުންނަކީ އިނގިރޭސި ކުލަބްތަށް ކަމަށްވާ ލިވަޕޫލްގެ ވެރިޔާ ހެންރީ އާއި މެންޗެސްޓާ ޔުނައިޓެޑްގެ ޖޯލް ގްލޭޒާ އެވެ. ދެން ބޯޑުގެ އެކި އިސް މަގާމުތަކުގައި ހިމެނެނީ ވެސް ބޮޑެތި ކްލަބްތަކުގެ އިސްވެރިންނެވެ. އެއީ އާސެނަލްގެ ކްރޮއެންކާ އަދި ޔުވެންޓަސްގެ އަންދްރެއާ އަގްނޭލީ އެވެ.

ޕެރޭޒް ވިދާޅުވީ ސުޕަ ލީގެއް ވުޖޫދުވުމުގެ އެންމެ ބޮޑު ބޭނުމަކީ ފުޓްބޯޅަ އަށް އަސްލު އޭގެ ހައްގު މަގާމު ދިނުމާއި ދުނިޔޭގެ ފުޓްބޯޅައިގެ ހަތަރު ބިލިއަން ސަޕޯޓަރުން ގަބޫލުކުރާވަރުގެ ވަރުގަދަ ލީގެއް ބޭއްވުމަށް ކަމަށެވެ.

ވައިސް ޗެއާމަން އަގްނޭލީ، ވިދާޅުވީ ސުޕަ ލީގުގެ ފައުންޑިން 12 ކުލަބުން ޔޫރަޕުގެ 99 ތަށި ހިއްސާ ކުރާ ކަމަށާއި އެ ކުލަބުތަކުން މަސައްކަތް ފެށީ ފުޓްބޯޅަ އަށް ދެމެހެއްޓެނިވި ދުރު ރާސްތާ ޕްލޭނަކަށް ކަމަށެވެ.

ސުޕަ ލީގުގެ ފައުންޑަރުންގެ ގޮތުގައި 12 ކުލަބެއް ހަރަކާތްތެރިވެ އެވެ. އެއީ ޕްރިމިއާ ލީގުގެ ގަދަ ހަ ކުލަބާއި، ލަލީގާ އަދި ސެރީ އާ އިން ކޮންމެ ލީގަކުން އެންމެ ވަރުގަދަ ތިން ކުލަބެވެ. އެ ކުލަބު ތަކަކީ، އޭސީ މިލާން، އާސެނަލް، އެތުލެޓިކޯ މެޑްރިޑް، ބާސެލޯނާ ޗެލްސީ، އިންޓަ މިލާން، ޔުވެންޓަސް، ލިވަޕޫލް، މެންޗެސްޓާ ސިޓީ، މެންޗެސްޓާ ޔުނައިޓެޑް، ރެއާލް މެޑްރިޑް އަދި ޓޮޓެންހަމް އެވެ.

ފުޓްބޯޅައިގައި އޮތް ކުޅިވަރުގެ ރޫހު ގެއްލޭ ގޮތައް ބާއްވަން އުޅޭ މި މުބާރާތުގައި ވާދަކުރާ ކުލަބުތަކާއި ދެކޮޅަށް ފިޔަވަޅު އަޅާނެކަން ޔޫއެފާ އިން ވަނީ ބުނެފައެވެ. އެގޮތުން މިކަމުގައި ބައިވެރިވާ ކުލަބުތަކަށް އެހެން މުބާރާތްތަކުގައި ވާދަނުކުރެވޭ ގޮތަށް ފިޔަވަޅު އަޅާނެކަން ޔޫއެފާއިން ވަނީ ހާމަކޮށްފައެވެ.

އެ ކުލަބުތަކަށް ޑޮމެސްޓިކް މުބާރާތަކަސް ޔޫރަޕުގެ މުބާރާތެއްގައި ވެސް ވާދަނުކުރެވޭނެ އަދި އެ ކުލަބުތަކުގެ ކުޅުންތެރިންނަށް ގައުމީ ޓީމުގައި އެއްވެސް މުބާރާތެއް ނުކުޅެވޭ ގޮތަށް އަދަބު ދޭނެކަމަށް ޔޫއެފާއިން ވަނީ ބުނެފައެވެ. އަދި މި ކަމުގައި ފީފާ ވެސް އެމީހުންނާއި އެކު ދެމިހުންނާނެ ކަމަށް ޔޫއެފާއިން ވަނީ ބުނެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ