logoEN
ކޮކާކޯލާ
ތިނަދޫގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުން ހޮސްޕިޓަލުގައި، ދެވަނަ ޑޯޒް ޖެހުން އިސްލާމީ މަރުކަޒުގައި

ތިނަދޫގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުން ހޮސްޕިޓަލުގައި، ދެވަނަ ޑޯޒް ޖެހުން އިސްލާމީ މަރުކަޒުގައި

އަޙްމަދު ޖަމީލު

logo

4/18/2021, 4:28:51 PM

DSC_5365

ކޮވިޑް-19 އިން ދިފާއުވުމަށް ދެމުންދާ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުން ތިނަދޫ ހޮސްޕިޓަލުގައި އަދި ދެވަނަ ޑޯޒް ޖެހުން މިރެއިން ފެށިގެން ތިނަދޫ އިސްލާމީ މަރުކަޒުގައި ކުރިއަށްދާނެކަމަށް ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނެފިއެވެ.

އަބުޅޯ

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނެފައި ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ނުޖަހައި ތިބި އުމުރުން 18 އަހަރާއި 59 އަހަރާ ދެމެދުގެ ފަރާތަތަކަށް ފުރަތަމަ ޑޯޒްގެ ގޮތުގައި "ސިނޮފާމް" ވެކްސިން ޖެހުން މިރެއިން ފެށިގެން ކުރިއަށްދާނީ އެ ހޮސްޕިޓަލުގައި ކަމަށެވެ. އަދި "ކޮވިޝީލްޑް" ވެކްސިންގެ ދެވަނަ ޑޯޒް ޖެހިތާ 8 ހަފްތާވެފައިވާ ފަރާތްތަކުން ވެކްސިންގެ ދެވަނަ ޑޯޒް ޖެއްސެވުމަށް ތިނަދޫ އިސްލާމީ މަރުކަޒު ހޯލަށް ވަޑައިގެންނެވުމަށް އެ ހޮސްޕިޓަލުން ވަނި އެދިލައްވާފައެވެ.

ވެކްސިން ޖެހުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 9:30 - 10:45 އަށް ކޮންމެ ރެއަކުވެސް ވަކި މިންވަރަކަށް ކަމަށް އެ ހޮސްޕިޓަލުންވަނީ ބުނެފައެވެ.

ވެކްސިން ޖެހުމަށް ވަޑައިގަންނަވާއިރު އައިޑީކާޑުގެ އިތުރުން ދާއިމީ ބައްޔަކަށް ފަރުވާކުރައްވާ ފަރާތެއްނަމަ ލިޔުންތައް ހިފައިގެން ދިޔުމަށް އެ ހޮސްޕިޓަލުންވަނީ އެދިލައްވާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ