
ސިއްހީ ހިދުމަތްތެރިން އަދާކުރެއްވި ދައުރަށް ޝުކުރު ހައްޤު: ރައީސް
raees
ކޯވިޑް-19 ފެތުރުން ހުއްޓުވުމުގައި ރާއްޖޭގެ ޑޮކްޓަރުން އަދާކުރެއްވި ދައުރަށް ޝުކުރު ހައްގުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ ދިވެހި ޑޮކްޓަރުންގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓުވީޓެއްގައި އެމަނިކުފާނު ވަނީ،ކޯވިޑް-19ގެ ބަލިމަޑުކަމުން ދިވެހި މުޖުތަމައު ރައްކާތެރިކޮށްދިނުމަށް ފާއިތުވި އަހަރެއްހާ ދުވަހު ޑޮކްޓަރުން ކުރެއްވި ބުރަ މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދުޅަހެޔޮ މުޖުތަމައުއެއް ބިނާކުރުމަށް ޑޮކްޓަރުން އަދާކުރައްވާ ދައުރު އެމަނިކުފާނު ވަނީ ފާހަގަކުރައްވާއެވެ.
ކޮންމެ އަހަރެއްގެ އޭޕްރީލް 18 ވަނަ ދުވަސް ފާހަގަކުރަމުންދަނީ ދިވެހި ޑޮކްޓަރުންގެ ދުވަހުގެ ގޮތުގައެވެ. މިފަދަ ދުވަހެއް ފާހަގަކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ދިވެހި ޑޮކްޓަރުންގެ ހިދުމަތުގެ އަގު ވަޒަންކޮށް، ޤައުމީ ފެންވަރެއްގައި އެބޭފުޅުންގެ މަސައްކަތް ފާހަގަކުރުމެވެ.