logoEN
Sto top
އެނގޭތަ: ގިނަ ލޯގޯތައް ރަތް ކުލައިގަ ހުންނަ ސަބަބު

އެނގޭތަ: ގިނަ ލޯގޯތައް ރަތް ކުލައިގަ ހުންނަ ސަބަބު

ހުސެއިން

logo

4/18/2021, 2:55:44 PM

red

މެކް ޑޮނަލްޑް، ޓާގެޓް. ނެޓްފްލިކްސް ފަދަ ކުންފުނިތަކުން ތިބާގެ ނަޒަރު އެމީހުންނަށް ހުއްޓުވާލަނީ ކިހިނެއް ހެއްޔެވެ؟ މި ދެންނެވުނު ތިން ކުންފުންޏަކީ މުޅިން ތަފާތު މަސައްކަތްތަކެއް ކުރާތަންތަން ކަމުގައި ވީ ނަމަވެސް ތިން ކުންފުނީގައިވެސް އެއްގޮތް ކަމެއް ހުރެއެވެ. އެ ކުންފުނިތަކުގެ ލޯގޯ ހުންނަނީ ރަތް ކުލައިގައެވެ. އަދި އެއީ ހަމައެކަނި މި ތިން ކުންފުނި އެކަންޏެއްވެސް ނޫނެވެ.

Wamco

ބޮޑެތި ގިނަ ކުންފުނިތަކުން ލޯގޯ އަދި މާކެޓިންގ ގައި ރަތްކުލަ ބޭނުން ކުރާ ސަބަބު އެނގޭހެއްޔެވެ؟

މީހަކަށް، އެއްޗަކަށް ނުވަތަ ތަނަކަށް ބެލުމައްފަހު އަމިއްލަ ގޮތް ނިންމުމަކީ އިންސާނީ ތަބީއަތުގައި ހުންނަ ކަމެކެވެ. ބޭރުގެ މާކެޓިން ކުންފުންޏެއް ކަމަށްވާ ވެބްޕޭޖް އެފްއެކްސް އިން ކޮށްފައިވާ ދިރާސާއެއްގައި ބުނެފައިވަނީ 80 އިންސައްތަ މީހުން އެއްޗެއް ގަތުމަށް ނުވަތަ ޚިދުމަތެއް ލިބިގަތުމަށްޓަކައި ބަލާ އެންމެ މުހިންމު އެއްކަމަކީ ކުލައެވެ.

ދުނިޔޭގައިވާ ހުރިހާ ކުލައެއް އުފެދިގައިވާ ހަތް ކުލައިގެ ތެރެއިން، ދިރާސާ ކުރައްވާ ފަރާތްތަކުން ބުނެފައިވަނީ ލޮލަށްވެސް އެންމެ ފަސޭހަ ކުލައަކީ ރަތް ކުލައެވެ. އަދި ބަޑުހައިވުމުގެ އިޙްސާސްވެސް ކުރުވާ ކަމަށްވެސް ދިރާސާ ކުރައްވާ ފަރާތްތަކުން ބުނެފައިވެއެވެ. މިހެންކަމުގެ ސަބަބުން ގިނަ ރެސްޓޯރެންޓްތަކުން ރަތް ކުލަ ބޭނުން ކުރެއެވެ. މިސާލަކަށް މެކްޑޯނަލްސްއާއި ކޭއެފްސީވެސް ހިމެނެއެވެ.

ކުންފުނިތަކުން ރަތްކުލަ ބޭނުންކުރަނީ މީހުންގެ ޖަޒުބާތާއި ކުޅެ، ކުންފުނިތަކުން މާކެޓް ކުރާ ޕްރޮޑަކްޓެއް އާންމުން ގަންނަހިތް ކުރުވުމުވެ. ރަތް ކުލައަކީ " އަވަސް " ވެސް މާނަ ކުރާ ކުލައެކެވެ. އެހެންކަމުން ފިހާރަތަކުން ހުސްކުރާސޭލް ފަދަ ސޭލް ތަކުގައި ރަތްކުލަ ބޭނުންކުރެއެވެ. މިހެން ގޮސް އެތައް ކަމެއް ރަތްކުލައިން ދޭހަކޮށްދެއެވެ. ރަތްކުލަ ދޭހަކޮށްދޭ ކޮންމެ ކަމެއް ވަކި ކަމަކަށް ނަގައިގެން އެ ކުންފުނިތަކުން ދަނީ އާއްމުންގެ ނަޒަރު އެމީހުންނަށް ހުޓުވަމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside