
newFile
އެފްއޭ ކަޕްގެ ސެމީ ފައިނަލްގައި މެންޗެސްޓާ ސިޓީގެ މައްޗަށް ކުރި ހޯދައި، އިނގިރޭސި ގަދަ ބާރު ޗެލްސީ މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު ސެމީ ފައިނަލުން ޗެލްސީ މޮޅުވީ 0-1 ގެ ނަތީޖާއަކުންނެވެ. ފައިނަލްގެ ޖާގަ ޗެލްސީއަށް ކަށަވަރުވެގެންދިޔައީ މެޗުގެ 55 ވަނަ މިނިޓުގައި ހަކީމް ޒިޔެޗް ކާމިޔާބުކުރި ލަނޑުންނެވެ.
މި މެޗުގެ ނަތީޖާއާއެކު، މި ސީޒަންގައި ހަތަރު ތަށި ކާމިޔާބުކުރުމަށް ސިޓީން ކުރަމުންދިޔަ އުންމީދުތައް ވަނީ ގެއްލިފަ އެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ ތާވަލްގެ އެއްވަނައިގައި ބޮޑު ލީޑަކާއެކު ސިޓީ އޮތްއިރު، އެ ޓީމުން ވަނީ ޗެމްޕިއަންސް ލީގެގެ ސެމީ ފައިނަލުން ޖާގަ ހޯދައިފަ އެވެ. އަދި ލީގު ކަޕްގެ ފައިނަލަށް ވެސް ސިޓީ ވަނީ ދަތުރުކޮށްފަ އެވެ.
މިއީ ފަސް ސީޒަންގެ ތެރޭގައި، ޗެލްސީ އެފްއޭ ކަޕްގެ ފައިނަލަށް ދަތުރު ކުރި ހަތަރު ވަނަ ފަހަރެވެ.
މެޗަށް ފަހު ވާހަކަދައްކަމުން ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ވަނީ އެ ޓީމުގެ ކުޅުންތެރިންނަށް ތައުރީފްކޮށްފަ އެވެ.
"ވަރަށް ރަނގަޅު ކުޅުމެއް މި މެޗުގައި ފެނިގެންދިޔަ. މި މެޗުގެ ނަތީޖާއާއެކު އަހަރެން ވަރަށް އުފާވެއްޖެ. އަދި މިއީ ފަހުރުވެރިވާންޖެހޭ ނަތީޖާއެއް،" ޓުޗެލް ބުންޏެވެ.
އެފްއޭ ކަޕްގެ ފައިނަލްގައި ޗެލްސީއާ ދެކޮޅަށް ނުކުންނާނީ ލެސްޓާ ސިޓީ ނުވަތަ ސައުތުހެމްޕަނެވެ