logoEN
ޕީއެންސީ 2
ޑރ. ޒާހިރުގެ ހުސައިންގެ އަނބިކަނބަލުން ނާއިލާ އަވަހާރަވެއްޖެ

ޑރ. ޒާހިރުގެ ހުސައިންގެ އަނބިކަނބަލުން ނާއިލާ އަވަހާރަވެއްޖެ

ހުސެއިން

logo

4/17/2021, 2:22:20 PM

naailaa kaleyfaanu

އިސްލާމީ ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ޗާންސެލަރ އަދި ދިވެހި ގައުމަށް އެތައް ހިދުމަތްތަކެއް ކޮށްދެއްވި ނިޝާން އިއްޒުއްދީނުގެ އިއްޒަތްތެރި ވެރިޔާ ޑރ. މުހައްމަދު ޒާހިރު ހުސެއިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު މިއަދު އަވަހާރަވެއްޖެއެވެ.

ޝަރީ 2024

ނާއިލާ އަވަހާރަވީ ގިނަ ދުވަސްތަކެއް ވަންދެން އަލާސްކަންފުޅާއި އުޅުއްވުމަށްފަހު މިއަދު ހެނދުނު އޭޑީކޭ ހޮސްޕިޓަލުގައެވެ.

ނާއިލާގެ މައްޗަށް ކަށުނަމާދާއި ޖަނާޒާ ބޭއްވުމަށް ހަމަޖައްސާފައިވަނީ މިއަދު އަސުރު ނަމާދަށްފަހުއެވެ.

ނާއިލާ ޒާހިރު ހުސައިން އާ ކައިވެނި ބައްލަވައިގަތީ 1972 ވަނަ އަހަރުއެވެ. އެ ކައިވެންނަށް ދެ ދަރިކަނބަލުންނާއި ދަރިކަލަކު ލިބިވަޑައިގެންނެވިއެވެ.

އެކަމަނާއަށް ލިބިވަޑައިގެންފައިވާ ބޭފުޅުންނަކީ ހެލްތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ ލުބްނާ ޒާހިރު ހުސައިންއާއި، މީރާ ބޯޑުގެ ޑެޕިއުޓީ ޗެއަރޕާސަން ލީނާ ޒާހިރު ހުސައިންއާއި މީޑިއާގެ ދާއިރާއިން ފާހަގަކޮށްލެވޭ ވާއިލް ޒާހިރު ހުސައިންއެވެ. އެކަމަނާގެ ބައްޕާފުޅަކީ 1950 ވަނަ އަހަރުން ފެށިގެން 1980 ވަނަ އަހަރާއި ހަމައަށް ރާއްޖޭގައި ހުންނެވި އެންމެ މުއްސަނދިމީހާކަމަށްވާ ދިއްދޫ އިބްރާހިމް ކަލޭފާނެވެ.

ނާއިލާގެ ޚިދުމަތްތައް ތައުލީމީ އަދި އިޖުތިމާއީ ދާއިރާއިން ފާހަގަކޮށްލެވޭއިރު، އެކަމަނާ ވަނީ 1970 ވަނަ އަހަރުން ފެށިގެން 25 އަހަރު ވަންދެން އަމީނިއްޔާ ސްކޫލްގެ ޓީޗަރުކަންކޮށްފައެވެ. މީގެއިތުރުން އެކަމަނާއަކީ ކުރީގެ ރައީސް މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް އިސްކޮށް ހުންނަވައިގެން އުފެއްދި ސޯސައިޓީ ފޮރ ހެލްތު އެޑިއުކޭޝަން، ޝީގެ ފައުންޑަރ މެމްބަރެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ