logoEN
cocacola
އިންޓަނެޓްގެ އަގަށް އޮތްތަނުގައި ހެޔޮބަދަލެއް އަންނާނެ - ފައްޔާޒް

އިންޓަނެޓްގެ އަގަށް އޮތްތަނުގައި ހެޔޮބަދަލެއް އަންނާނެ - ފައްޔާޒް

އަހުމަދު ޝުރާއު

logo

4/17/2021, 11:15:39 AM

1528695029

ރާއްޖޭގައި އިންޓަނެޓްގު އަގު ހެޔޮ ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި ކުރިއަށް އޮތްތަނުގައި ބަދަލުތައް ފެންނާނެ ކަމަށް ޓެކްނޮލޮޖީ މިނިސްޓްރީ އާ މިހާރު ހަވާލުވެވަޑައިގެން ހުންނެވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިރޭ ވިދާޅުވެއްޖެ އެވެ.

ގޮސިޔާ

ފައްޔާޒް މިހެން ވިދާޅުވީ އިންޓަނެޓް އަގު ހެޔޮ ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންފައިވާ ވައުދު ސަރުކާރުން ފުއްދާފައިވާ ކަމަށް ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހް ވިދާޅުވުމާއި ގުޅިގެން ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒު ވެފައިވާ ދަނޑިވަޅެއްގައި އެވެ

ބުރާސްފަތި ދުވަހުގެރޭ ރާއްޖެ ޓީވީއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އަލީ ސޯލިހުވިދާޅުވެފައިވާ ގޮތުގައި އިންޓަނެޓް އަގު ވަނީ ރައްޔިތުން އަތް ފޯރާ ފަށަށް ތިރި ކުރެވިފަ އެވެ. އަދި މިހާރު އެއް ޖީބީ ޑޭޓާ ފަސް ރުފިޔާ އަށް ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމާ ގުޅިގެން އޭނާ އަށާއި ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، ފައްޔާޒް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސަރުކާރުގެ ބައިވެރިވުމަކާ ނުލައި އިންޓަނެޓްގެ އަގުތަކަށް ކޮންމެވެސް ވަރަކަށް ދަށްވެފައިވީ ނަމަވެސް އެދެވޭ ބަދަލެއް އައިސްފައި ނުވާ ކަމަށެވެ.

View post on Twitter

އިންޓަނެޓްގެ އަގު ހެޔޮ ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ކުރިއަށް އޮތްތަނުގައި ބަދަލުތައް ފެންނާނެ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

އިންޓަނެޓް އަގު ހެޔޮ ކުރުމަށް ރައީސް ވެ ވަޑައިގެންފައިވާ ވައުދުތައް ނުފުއްދާތީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެ އެވެ.

އެކަމާ ގުޅިގެން ސަރުކާރުން އެންމެ ފަހުން ދިން ޖަވާބަކީ ތުރޮޓަލް ނުވަތަ ކަނޑައަޅާފައިވާ ޑޭޓާ ހަމަވުމުން އިންޓަނެޓްގެ ސްޕީޑް ދަށްނުކޮށް، ރަނގަޅު ސްޕީޑެއްގައި އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރާ މަސައްކަތް އަދިވެސް ކުރިއަށް ގެންދާ ކަމަށާއި އެ މައްސަލަ މި އަހަރު ނިމުމުގެ ކުރިން ހައްލު ކުރާނެ ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ