logoEN
ޕީއެންސީ 2
ނޭޓޯ ސިފައިންވެސް އަފްގާނިސްތާނުން ބާލަނީ

ނޭޓޯ ސިފައިންވެސް އަފްގާނިސްތާނުން ބާލަނީ

އަހުމަދު ޝުރާއު

logo

4/17/2021, 9:15:53 AM

GettyImages-524490962-1160x788

އަފްޣާނިސްތާނުގައި ތިބި ނޭޓޯގެ ސިފައިންނާއި ނޭޓޯއަށް ވާގިވެރިވާ ގައުމުތަކުގެ ސިފައިންވެސް ފައިބާނެ ކަމަށް ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޔެންސް ސްޓޯލްޓަންބާގް ވިދާޅުވެއްޖެއެވެ.

ޝަރީ 2024

ނޭޓޯއިން މިގޮތަށް އިއުލާން ކޮށްފައިވަނީ އަފްގާނިސްތާނުގައި ތިބި އެމެރިކާ ސިފައިން ސެޕްޓެމްބަރު މަހު އެޤައުމުން ފައިބާނެކަން އެމެރިކާގެ ރައީސް ޖޯ ބައިޑަން އިއުލާންކޮށްފައިވާ ދަނޑިވަޅެއްގައި އެވެ.

އެމެރިކާގެ ޚާރިޖީ ވަޒިރު އެންޓަނީ ބްލެންކެން އާއި ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން އާއި އެކު ބޭއްވި މަޝްވަރާތަކަށްފަހު ސްޓޯލްޓަންބާގް ވިދާޅުވީ އަފްޣާނިސްތާނުގައި ތިބި ނޭޓޯގެ ސިފައިންނާއި ނޭޓޯއަށް ވާގިވެރިވާ ގައުމުތަކުގެ ސިފައިން (ޖުމްލަ 7000 ސިފައިން) ނަށް ބޭނުންވާ ލޮޖިސްޓިކް ސަޕޯޓާއި ޓްރާންސްޕޯޓް އެހީ ދެނީ އެމެރިކާ ސިފައިން ކަމުގައެވެ. އެހެންކަމުން އެމެރިކާ ސިފައިން ފޭބުމުން ނޭޓޯއާއި ނޭޓޯގެ ބައިވެރި ގައުމުތަކުގެ ސިފައިން އަފްޣާނިސްތާނުގައި ބޭތިއްބުން ވަރަށް ދަތިވާނެކަމަށް އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ އެމެރިކާ ސިފައިން އަފްޣާނިސްތާނުން ބޭލުން އަންނަ ސެޕްޓެމްބަރުމަހުގެ 11 އަށް ފަސް ކުރައްވާފައެވެ. ނަމަވެސް އަފްޣާނިސްތާނުގެ ތާލިބާން ޖަމާއަތާއެކު އެމެރިކާ ސޮއިކުރި އެއްބަސްވުމުގައިވާގޮތުން އަންނަ މޭ މަހުގެ އެއެއްގެ ކުރިން އެމެރިކާގެ ހުރިހާ ސިފައިން އަފްޣާނިސްތާނުން ބާލައި ނިންމަންޖެހެއެވެ. ތާލިބާނުންވަނީ އެމެރިކާ ސިފައިން މޭ މަހުގެ އެއެއްގެ ކުރިން ނުބާލައިފިނަމަ އެމެރިކާ ސިފައިންނަށް އަމާޒުކޮށް ދޭ ހަމަލާތައް އަލުން ފަށާނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާ ސިފައިން އަފްޣާނިސްތާނަށް އެރީ 2001 ގެ ސެޕްޓެމްބަރު 11 ވަނަދުވަހު އެމެރިކާއަށް ދިން ޓެރަރިސްޓް ޙަމަލާތަކުގެ ފަހަތުގައިވަނީ އަލްގާއިދާ ޖަމާއަތްކަމަށްބުނެ އަލްގާއިދާއަށް ވާގިވެރިވަނީ އަފްޣާނިސްތާނުގެ ތާލިބާން ޖަމާއަތް ކަމަށް ބުނެ ތާލިބާނުން މުޅިން ބަލިކޮށް އެޖަމާއަތް ވުޖޫދުން ފުލެހުމުގެ މަގްސަދުގައި 2001 ވަނައަހަރުގެ ނޮވެމްބަރު މަހުގައެވެ

އަންނަ ސެޕްޓެމްބަރުމަހު އެމެރިކާ ސިފައިން އަފްޣާނިސްތާނުން ބޭލުމުން ތާލިބާނުން އަފްޣާން ސަރުކާރުގެ މައްޗަށް ގަދަވެގަނެ އެސަރުކާރު ވައްޓާލައި ތާލިބާނުންގެ ވެރިކަމެއް އަފްޣާނިސްތާނުގައި ގާއިމް ކުރުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް މާހިރުން ބުނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ