logoEN
Sto top
ރާއްޖެ-އިންޑިއާގެ ފޮރިން މިނިސްޓަރުން ބައްދަލުކޮށްފި

ރާއްޖެ-އިންޑިއާގެ ފޮރިން މިނިސްޓަރުން ބައްދަލުކޮށްފި

އަހުމަދު ޝުރާއު

logo

4/16/2021, 9:35:47 PM

299104_3_6829d6096af709439fa89122a019b208a21b5a25_large

އިންޑިއާ އަށް ކުރައްވާ ދަތުރުގައި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރާ މިއަދު ބައްދަލުކުރައްވައިފި އެވެ.

Wamco

ދެ މިނިސްޓަރުންގެ ބައްދަލުވުމުގައި، ޝާހިދު ވަނީ އިންޑިއާއިން ރާއްޖެއަށް ދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ. އެގޮތުން ހާއްސަކޮށް، ކޮވިޑާ ދެކޮޅު މަސައްކަތަށް އިންޑިއާ އިން ދެމުން އަންނަ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވި އެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު ވަނީ މި ބައްދަލުވުމުގައި ރާއްޖޭގެ ކުރިއެރުމަށް އަބަދު ވެސް އެހީތެރިވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

މީގެ ދެ ދުވަސް ކުރިން ޝާހިދު އިންޑިއާއަށް ވަޑައިގެންނެވީ ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ މަޝްރޫއުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށެވެ. އިޖުތިމާއި، އިގުތިސޯދީ އަދި ސިޔާސީ ކަންކަމަށް ހާއްސަކޮށްގެންވާ ބާއްވާ ބަދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް މިދިޔަ މަހު ވެސް ޝާހިދު އިންޑިއާ އަށް ވަޑައިގަތެވެ.

ކޮވިޑުން ދިފާއުވުމަށް އެންމެ ފުރަތަމަ ރާއްޖެއަށް ވެކްސިން ހަދިޔާ ކުރީ ވެސް އިންޑިއާއިންނެވެ. އެ ގައުމުން ހަދިޔާކުރި ކޮވިޝީލްޑްގެ ދެ ލައްކަ ޑޯޒް މިހާރު ވަނީ ދިވެހިންނަށް ދީފަ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside