logoEN
Sto top
ކަރަންޓީނު ނުވެ ރިސޯޓް މުވައްޒަފުންނަށް ވެސް ދަތުރު ކުރެވޭނެ

ކަރަންޓީނު ނުވެ ރިސޯޓް މުވައްޒަފުންނަށް ވެސް ދަތުރު ކުރެވޭނެ

Resort-Employee-Survey-2019-1-01

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ކުރުމަށްފަހު ކަރަންޓީނު ނުވެ ރިސޯޓް މުވައްޒަފުންނަށް ވެސް ދަތުރު ކުރެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

Wamco

އެ މިނިސްޓްރީއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ރިސޯޓު މުވައްޒަފުންނަށް ކަރަންޓީނު ނުވެ މީހުން ދިރިއުޅޭ ރަށްތަކަށް ދަތުރު ކުރެވޭނެ ގޮތަށް ހަދާފައިވަނީ ދެވަނަ ޑޯޒު ޖަހާތާ 14 ދުވަސް ފަހުން ކަމަށެވެ.

View post on Twitter

މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން، ކަރަންޓީނުވުމަކާ ނުލައި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރެވޭނެ ހާލަތްތައް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ވަނީ އާންމުކޮށްފައެވެ.

މިކަން ހާމަކޮށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ރޭ ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ރާއްޖޭގައި ކޮވިޑް-19 ފެތުރޭތީ އަޅާފައިވާ ރައްކާތެރިކަމުގެ ބައެއް ފިޔަވަޅުތަކަށް އޭޕްރިލް 20 ވަނަ ދުވަހުން ފެށިގެން ލުއިތައް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އާބާދީގެ 60 ޕަސެންޓު މީހުންނަށް ކޮވިޑް19 ވެކްސިންގެ ޑޯޒްތައް ހަމަވެފައިވާނަމަ، އެ ރަށަކަށް ކަރަންޓީނުވުމަކާ ނުލައި ދަތުރުކުރެވޭނެ ކަމަށް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ. އަދި ރަށެއްގައި ބަލި އުޅޭ ނިސްބަތް ނުވަތަ ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް ފަސް ޕަސެންޓަށް ވުރެ މަތި ރަށަކުން އެނޫން ރަށަކަށް ދަތުރުކުރާނަމަ، ދަތުރުކުރެވޭނީ ޕީސީއާރް ނެގެޓިވް ޓެސްޓާއެކު އެވެ. ވެކްސިން ޖެހުމަށް ޝަރުތު ހަމަނުވާ ކުދިން އެފަދަ ފަރާތްތަކާއެކު ދަތުރުކުރަން ޖެހޭނަމަ، ޕީސީއާރް ނެގެޓިވް ޓެސްޓާއެކު ދަތުރުކުރެވޭނެ ކަމަށް އިއުލާނުގައި ބުނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside