
ޕްރިންސް ފިލިޕްގެ ޖަނާޒާގައި ބައިވެރިވާނީ ޝާހީ އާއިލާގެ 30 މީހުން!
_118071533_funeral_facewall_top_image_976
ޕްރިންސް ފިލިޕްގެ ޖަނާޒާގައި ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން ބައިވެރިވާނީ 30 މީހުން ކަމަށް އިނގިރޭސިވިލާތުގެ ޝާހީ އާއިލާއިން ބުނެފި އެވެ.

ޝާހީ އާއިލާއިން ބުނެފައިވާ ގޮތުގައި ޕްރިންސް ފިލިޕްގެ ޖަނާޒާގައި ބައިވެރިވާނީ އެންމެ ގާތް އާއިލާ މެންބަރުންނެވެ. އެގޮތުން ރާނީ އެލިޒަބަތުގެ އިތުރުން ޖަނާޒާގައި އިސްކޮށް ބައިވެރިވެ ވަޑައިގަންނަވާނީ ޕްރިންސް ޗާލްސް، ޕްރިންސެސް އާން، ޕްރިންސް ވިލިއަމް، ޕްރިންސް ހެރީ، ޕްރިންސް އެންޑްރޫ އަދި ޕްރިންސް އެޑްވާޑް އެވެ.
ޖަނާޒާގައި ބައިވެރިވާނީ އިނގިރޭސިވިލާތުގެ ޝާހީ އާއިލާގެ 20 މެންބަރުންނާއި ޖަރުމަންވިލާތުގައި އޮންނަ ޕްރިންސް ފިލިޕްގެ އާއިލާގެ 10 މެންބަރުންނެވެ. ޖަރުމަންވިލާތުގައި އޮންނަ ޕްރިންސް ފިލިޕް އާއިލާ މެންބަރުން އޭނާގެ ޖަނާޒާގައި ބައިވެރި ކުރުން އެއީ ޕްރިންސް ފިލިޕްގެ ވަސިއްޔަތެއް ކަމަށްވެސް ޝާހީ އާއިލާއިން ބުނެއެވެ.
ޖަނާޒާގައި ބައިވެރިވެވޭނެ މީހުންގެ އަދަދު މަދުކޮށްފައި ވާތީ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން އަށް ވެސް ޕްރިންސް ފިލިޕްގެ ޖަނާޒާގައި ބައިވެރިވެ ވަޑައެއްނުގެންނެވޭނެއެވެ.
ޕްރިންސް ފިލިޕްގެ ޖަނާޒާ ދުނިޔޭގެ ބޮޑެތި މީޑިއާތަކުން ދުރަށް ދައްކާނެއެވެ. ޖަނާޒާ އޮންނާނީ އިނގިރޭސިވިލާތުގެ ގަޑިން ހޮނިހިރު ދުވަހު މެންދުރު ފަހު 14:30 ގައެވެ. އެއީ ރާއްޖޭގެ ގަޑިން އިރުއޮއްސި 18:30 އެވެ.