logoEN
cocacola
އައިންސްޓަން އަދި އިސާކް ނިއުޓަން އަށް ވުރެ ވިސްނުންތޫނު މީހެއް!

އައިންސްޓަން އަދި އިސާކް ނިއުޓަން އަށް ވުރެ ވިސްނުންތޫނު މީހެއް!

ގާފު އެޑިޓޯރިއަލް

logo

11/19/2020, 1:26:30 PM

ދުނިޔަށް އުފަންވެފައިވާ އެންމެ ވިސްނުންތޫނު މީހާގެ ގޮތުގައި ރެކޯޑް ކުރެވިފައިވާ މީހާގެ "އިންޓަލެޖެންސް ކްއޯޝެންޓް" (އައި.ކިއު) ނުވަތަ ވިސްނުމުގެ ޤާބިލްކަމުގެ ލެވެލް، އަލްބަޓް އައިންސްޓަން އަދި އިސާކް ނިއުޓަން އަށް ވުރެ މަތިއެވެ. މިގޮތުން، މިހާތަނަށް ދުނިޔެ ދުށް އެންމެ ވިސްނުން ތޫނު މީހާ އަދި "އައި. ކިއު" އެންމެ މަތިކަމަށް މިހާތަނަށް ރެކޯޑް ކުރެވުނު މީހާ އަކީ ވިލިޔަމް ޖޭމްސް ސިދިސް އެވެ. އޭނަގެ ނަސީބު އަދި ދިރިއުޅުމުގެ ކަންތައް ދިމާވިގޮތުން، އަލްބަޓް އައިންސްޓަން އަދި އިސާކް ނިއުޓަން ފަދަ، ޢިލްމީ، ސައިންސް އަދި ޓެކްނޮލީގެ ރޮގުން ދުނިޔެއަށް އިންގިލާބެއް ގެނައުމުގެ ފުރުޞަތެއް އޭނާއަށް ނުލިބުނެވެ. މިލިޔުމުގައި އަލި އަޅުވާލަނީ ވިލިޔަމް ޖޭމްސް ސިދިސްގެ އާދަޔާ ޚިލާފު ދިރިއުޅުމަށެވެ.

ގޮސިޔާ

undefined

އަލްބަޓް އައިންސްޓަންގެ އައި. ކިއު އަކީ 160 އެވެ. އަދި އިސާކް ނިއުޓަންގެ އައި. ކިއު އަކީ 190 އެވެ. ނަމަވެސް ވިލިޔަމް ޖޭމްސް ސިދިސްގެ އައި. ކިއު އަކީ ޤަބޫލުކުރެވޭ ގޮތުގައި، 260 އާއި 300 އާއި ދެމެދުގެ އަދަދެކެއެވެ. މިގޮތުން ވިލިޔަމް ވެގެން ގޮސްފައިވަނީ ދުނިޔެއަށް އުފަންވި އެންމެ އައި. ކިއު މަތި ނުވަތަ އެންމެ ވިސްނުންތޫނު އިންސާނާ އަށެވެ.

ވިލިޔަމް ދުނިޔެއަށް އުފަންވެފައިވަނީ 1898 އެމެރިކާގެ ނިއުޔޯކް ސްޓޭޓަށެވެ. ވިލިޔަމްގެ މައިންބަފައިންނަކީވެސް އާދަޔާ ޚިލާފަށް ވިސްނުންތޫނު މީހުންކަން ފާހަގަ ކުރެވެއެވެ. މިގޮތުން ވިލިޔަމްގެ ބައްޕަ ބޮރިސްއަކީ ނަން މަޝްހޫރު ސައިކޮލަޖިސްޓެކެވެ. ހާވާޑް ޔުނިވަރސިޓީގެ ހަތަރު ޑިގްރީއެއް ބޮރިސް ހާސިލްކޮށްފައި ވެއެވެ. ވިލިޔަމްގެ މަންމަޔަކީ ކުފުންޏެއްގެ މެނެޖިންގ ޑިރެކްޓަރެކެވެ.

މައިންބަފައިން އުއްމީދު ކުރި ފަދައިން، ވިސްތޫނުކަން ލެއިންވެސް ވިލިޔަމްއަށް ވާރުތަވެފައިވެއެވެ.

undefined

ވިލިޔަމް އަކީ އެހެން ކުދިންނާއި ވަރަށް ތަފާތުކޮށް ބޮޑުވަމުން އައި ކުއްޖެކެވެ. މިގޮތުން އުމުރުން އެންމެ 18 މަހުގައި އޭނާ އެމެރިކާގައި ނެރޭ ނޫހެއް ކަމުގައިވާ ނިއުޔޯކް ޓައިމްސް ކިޔައި އުޅުނެވެ. އެނގިގެން ދަނީ އުމުރުން 18 މަސްތެރޭގައި ލިޔަންކިޔަން ދަސްވެފައިވާކަމެވެ.

އުމުރުން އެންމެ 8 އަހަރުގެ ތެރޭގައި ތަފާތު 8 ބަހެއް އޭނާ އަމިއްލަޔަށް ދަސްކުރިއެވެ. މިގޮތުން ލެޓިން، ގްރީކް ބަސް، އަރަބި އަދި ރަޝިޔާ ބަސް މިބަސްތަކުގެ ތެރޭގައި ހިމެނިގެން ދެއެވެ. މީގެ އިތުރުން "ވެންޑަރ ގުޑް" ކިޔާ އަމިއްލަ ބަހެއް ވެސް އޭނަ އުފެއްދިކަމުގައި ވެއެވެ. މިހާބޮޑު ވިސްނުމެގެ ޤާބިލްކަމެއް ލިބިފައިވި ކަމުގައި ވީނަމަވެސް ވިލިޔަމްގެ މަޢުލޫމާތު ދުނިޔެއަށް ނޭގެއެވެ. ވިލިޔަމްގެ ނަންވެސް ދަންނަނީ އަޅުގަނޑުމެންގެ ތެރެއިން މަދުބަޔެކެވެ.

ވިލިޔަމްގެ އާދަޔާ ޚިލާފު މި ހުނަރުތައް ފާހަގަވެގެން، އޭނާ ހާވަޑް ޔުނިވަސިޓީއަށް ވެއްދުމަށް ވިލިޔަމްގެ ބައްޕަ މަސައްކަތް ކުރިއެވެ. ނަމަވެސް ވިލިޔަމްގެ އުމުރަކީ އެންމެ 9 އަހަރުކަމަށް ވުމުން ހާވަޑް ޔުނިވާސިޓީއިން އޭނާ ނުވެއްދިއެވެ. އޭގެ ދެއަހަރު ފަހުން، 1909ގައި ވިލިޔަމްގެ އުމުރުން އެގާރަ އަހަރުގައި، ހާވަޑު ޔުނިވާސިޓީއަށް ވެއްދި އެންމެ ހަގު ކުއްޖާގެ ލަޤަބާއެކު، ޔުނިވާސިޓީ އިން ކިޔެވުމުގެ ފުރުޞަތު ވިލިޔަމްއަށް ލިބުނެވެ. އަދި ޔުނިވަސިޓީގެ ފުރަތަމަ އަހަރު، ވިލިޔަމްގެ ހިސާބުގެ ޢިލްމު ކުރިއަރައި، އޭނަގެ ޕްރެފެސަރުންނަށް ހާވަޑް ޔުނިވާސިޓީގައި ކިޔަވައިދީ އުޅުނެވެ. އަދި މިހަގު އުމުރުގައި، "ޗައިލްޑް ޕްރޮޑިޖީ" ނުވަތަ އާދަޔާ ޚިލާފު ހުނަރު ލިބިގެންވާ ޒުވާނާގެ ލަޤަބު ވިލިޔަމް ހާޞިލް ކުރިއެވެ.

undefined

އުމުރުން 16 އަހަރުގައި ވިލިޔަމް އޭނަގެ ފުރަތަމަ ޑިގްރީ "ބެޗެލާސް އޮފް އާޓްސް" ހާސިލްކުރުމުން، އޭނާގެ އާދަޔާ ޚިލާފު ހުނަރުތަކުގެ ސަބަބުން ވަރަށް ބޮޑު މަޝްހޫރުކަމެއް ވިލިޔަމްއަށް ލިބިގެން ދިޔައެވެ. އުމުރުން ހަގު އުމުރުގައި ވިލިޔަމްއަށް ކުއްލިޔަކަށް ލިބގެން މިދިޔަ މަޝްހޫރުކަމުގެ ސަބަބާއި ގުޅިގެން، މީހުންނަށް ފިލައިގެން އެހެން ދިރިއުޅުމެއް އުޅެން ވިލިޔަމް ނިންމިއެވެ.

undefined

ވިލިޔަމް އަކީ އެކަހެރިކޮށް އުޅެން ލޯބިކުރާ، އެކަނި އުޅުން އެއީ އެންމެ ހިންހަމަ ޖެހޭގޮތް ކަމަށް ދެކޭ މީހެކެވެ. ހިތްހަމަޖެހޭ ދިރިއުޅުމެއް އުޅެވޭނީ މިގޮތަށް އުޅެގެންކަމަށް ވިލިޔަމްއަށް ޤަބޫލުކުރެވުނެވެ. މިގޮތުން މީހަކާ އިނުމާއި، މަޝްހޫރުކަމާއި، މީހުންގެ ސަމާލުކަން ހޯދުމަކީ ވިލިޔަމް އެއްގޮތަކަށްވެސް ބޭނުންވާގޮތަށް ނުވުމުން، މިހުރިހާ ކަމަކުން ސަލާމަތްވުމަށް އޭނަ ފިލައެވެ.

އެދުވަސްވަރުގައި، "ޗައިލްޑް ޕްރޮޑިޖީ" އަށް ނުވަތަ ޅައުމުރުގައި އާދަޔާ ޚިލާފު ހުނަރުތައް ލިބިފައިވާ ކުޑަ ކުދިން މަޝްހޫރުކުރުމަށް އަދި މަތީ ތަޢުލީމު ދިނުމަށް އެމެރިކާއިން ވަރަށް ބޮޑު އިސްކަމެއްދިނެވެ. ވިލިޔަމްގެ ބައްޕަވެސް ދަރިފުޅަށް ރީތި ނަމާއި، މަޝްހޫރުކަން ހޯދައި ދިނުމަށް އަދި އެދުވަސް ވަރުގައި ލިބެންހުރި އެންމެ ރަނގަޅު ތަޢުލީމު ހޯދައި ދިނުމުގެ މި ފިކުރުގައި މަސައްކަތް ކުރިއެވެ. ވިލިޔަމްގެ ބައްޕަ ބޮރިސް އަކީ ސައިކޮލިޖިސްޓެއް ކަމުން، ބޮރިސްގެ އަމިއްލަ އީޖާދީ ގޮތްތައް ބޭނުންކޮށްގެން ވިލިޔަމްގެ ކިޔެވުން ކުރިއެރުވުމަށް ވަރަށް ހަރުކަށިކޮށް ބޮރިސް މަސައްކަތް ކުރިއެވެ. ނަމަވެސް ވިލިޔަމް ވަކިވަރަކަށް ބޮޑުވުމުން، އޭނަގެ ވިސްނުމާއި ފިކުރު، ބައްޕަގެ ފިކުރާއި ޚިޔާލު ތަފާތުވެ، ޒުވާބުކުރުންތައް ގިނަވާން ފެށިއެވެ. ބައްޕަގެ ވިސްނުމާއި ޚިޔާލުތަކާއި އެއްގޮތަށް ވިލިޔަމްގެ ފިކުރާއި ޚިޔާލު އަދި ތަޢުލީމު ބަދަލުކުރަންޖެހޭތީ، އަދި ބައްޕަ ބޭނުންވާގޮތަށް އޭނަ ބަދަލުވާންޖެހޭތީ، އެކަމާމެދު ބައްޕަ ކުށްވެރިކުރުވިއެވެ. އަދި މިސަބަބުތަކާ ހުރެ، ވިލިޔަމް ބައްޕަދެކެ ނަފްރަތު ކުރިއެވެ. އަދި 1923 ވަނަ އަހަރު ބޮރިސް މަރުވުމުންވެސް، ވިލިޔަމް، އޭނާގެ ބައްޕަގެ ޖަނާޒާގައި ބައިވެރި ނުވިއެވެ.

ހުރިހާ މަޝްހޫރުކަމެއް އެއްފަރާތްކޮށް، އެއްވެސް މީހަކަށް ވިލިޔަމްއަކީ ކާކު ނޭނގި އުޅެން ގަސްތޮކޮށްގެން ފިލުމަށްފަހު، އޮފީސްތަކުގެ ޕިޔޯނުކަން ފަދަ އާދައިގެ ކުދި ވަޒީފާތައް ވިލިޔަމް އަދާކުރިއެވެ. ނަމަވެސް ގިނައަދަދެއްގެ ނިއުސް ރިޕޯޓަރުންގެ އަމާޒު ވިލިޔަމް ހޯދުމަށް ގޮސް ހުސްވިއެވެ. މިގޮތުން ހަފްތާއަކު 23 ޑޮލަރު ލިބޭ ވަޒީފާއެއް ވިލިޔަމް އަދާކުރަމުން ދަނިކޮށް ނޫސްވެރިން އޭނާ ހޯދައެވެ. އަދި ވިލިޔަމްއާއި ގުޅޭގޮތުން ތަފާތު ރިޕޯޓްތައް ނޫސްތަކުގައި ލިޔެ، ކުޑައިރުގައި ވިލިޔަމްއަށް ލިބިފައިހުރި ވިސްނުން ތޫނުކަން ގެއްލި ގޮސްފައިވާކަމުގެ ވާހަކަތައް ނޫސްތައް މެދުވެރިކޮށް ފެތުރިއެވެ.

ނަމަވެސް މިއީ ހަޤީގަތެއް ނޫންކަން ފަހުން ސާބިތުވެފައިވެއެވެ. މިގޮތުން ތަފާތު ލިޔުންތެރި ނަންނަމުގައި (އަސްލު ނަން ނޫން ހެން ނަންނަމުގައި) މޮޅެތި އާދަޔާ ޚިލާފު ފޮތްތައް ވިލިޔަމް ލިޔުއްވިއެވެ. އަދި ވިލިޔަމް ފަހުން "ސޯޝިއަލިސްޓަކަށް" ނުވަތަ ތަފާތު އުޞޫލުތައް ހިފެހެއްޓުމަށް ގޮވާލާ، ހައްގުތައް ހޯދުމަށް ބާރުއަޅާ މީހެއްގެ ގޮތުގައި ފެނިގެން ދިޔައެވެ. އަދި ފުރަތަމަ ބޮޑު ހަނގުރާމަޔާއި ދެކޮޅަށް އަޑުއުފުލި މީހުންގެ ތެރޭގައި ވިލިޔަމް ވެގެން ގޮސްފައިވެއެވެ. މިގޮތުން 1919 ގައި އެމެރިކާގެ ބޮސްޓޮންގައި ކުރެވުނު މުޒާހަރާއެއްގެ ތެރެއިން ވިލިޔަމް ހައްޔަރުކޮށް 18 މަހަށް ޖަލަށް ލުމަށް ހުކުމް ކުރެވުނެވެ.

undefined

ވިލިޔަމް ޖަލުގައި ހައްޔަރުވެފައި ވަނިކޮށް، ވިލިޔަމްގެ މައިންބަފައިންގެ މަސައްކަތުން، ޖަލުން ސަލާމަތްކުރުމަށްފަހު، ސިކުނޑީގެ ބަލިތަކަށް ފަރުވާދޭ މަރުކަޒެއްގައި ވިލިޔަމް ބަންދުކުރިއެވެ. ވިލިޔަމް ދިރިއުޅުމުގެ ބާކީ ބައި ހޭދަކުރީ ވަރަށް ބަލިކަށިވެފައިވާ މީހެއްގެ ގޮތުގައި އެކަނިވެރިކަމާއެވެ. އާއިލީ ހުރިހާ ގުޅުމެއް ކަނޑާލުމަށްފަހު، އަމިއްލަ ކާއެތިކޮޅު ހޯދުމަށް ތަފާތު އެކި ބާވަތުގެ ވަޒިފާ ވިލިޔަމް އަދާކުރިއެވެ. މިހާ ބޮޑު ވިސްތޫނުކަން ލިބިފައިވި ބޭފުޅަކުގެ ބޭނުން އެންމެ ރަނގަޅަށް ހިފުނު ނަމަ ރަނގަޅެވެ. ދުނިޔަށް ފައިދާ ކުރަނިވި، ދިރިތީބީންނަށް ތާއަބަދު، އެބޭފުޅެއްގެ ޒިކުރާ އާކުރެވޭ ވަރުގެ ޢިލްމީ ދަންމަރެއް ދިއްލާލެވުނު ނަމައެވެ.

ނަސީބު ދެރަކަމުން، ވިލިޔަމް މި ދުނިޔާ އަލްވަދާޢު ކިޔާފައިވަނީ، އުމުރުން 46 އަހަރުގައި 1944 ވަނަ އަހަރު، ދިރިއުޅުމުގެ މާބޮޑު ކަމެއް ހާޞިލް ކުރެވިފައި ނެތް އެކަނިވެރި އާންމު މީހެއްގެ ގޮތުގައެވެ. މަރުވެފައިވަނީ "ސެރެބްރަލް ހެމަރޭޖެއް" ނުވަތަ ސިކުނޑިއަށް ލޭ އެޅިގެންނެވެ. އަޖައިބު ކުރުވަނިވި ގޮތަކަށް ފާހަގަ ކުރެވެނީ، ވިލިޔަމްގެ ބައްޕަވެސް ނިޔާވެފައި ވަނީ އުމުރުން 56 އަހަރުގައި، "ސެރެބްރަލް ހެމަރޭޖެއް" ކުރިމަތިވެގެން، ހަމަ އެއް ގޮތަކަށެވެ.

undefined

undefined

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ