logoEN
Sto top
ކައުންސިލަރުން ހުވާކުުރުން އީދު ބަންދަށްފަހު

ކައުންސިލަރުން ހުވާކުުރުން އީދު ބަންދަށްފަހު

ހުސެއިން

logo

4/15/2021, 4:26:06 PM

298435_3_20576834ae7c180b4825c4af7470d36bad743981_large

ކައުންސިލަރުން ހުވާކުރުން އޮންނާނީ ކުޑަ އީދު ބަންދަށް ފަހު ސަރުކާރު ހުޅުވާ ހަފްތާގައި ކަމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފި އެވެ.

Wamco

އެލްޖީއޭއިން ވިދާޅުވީ ކައުންސިލަރުން ހުވާކުރުމަށް މިހާރު ހަމަޖައްސާފައިވާ ވަގުތީ ތާރީހަކީ އަންނަ މެއި މަހުގެ 18 ވަަނަ ދުވަސް ކަމަށެވެ.

އެލްޖީއޭއިން ވިދާޅުވި ގޮތުގައި މީގެކުރީގެ ދައުރުތަކުގައި އެކި ކައުންސިލަރުން ހުވާކުރީ އެކި ތާރީހު ތަކުގައި ކަމަށް ވިޔަސް ކުރިއަށް އޮތް ދައުރަށް ހުރިހާ ކައުންސިލަރުން ހުވާކުރާނީ އެއް ދުވަހެއްގައި ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާންކޮށް ނިމޭނީ މާދަމާގެ ވަގުތެއްގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ. އަދި ޤާނޫނުގައިވާ ގޮތަށް ކައުންސިލް އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރާނެ ކަމަށްވެސް ކޮމިޝަނުން ވަނީ ބުނެފައެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ކައުންސިލްތަކުގެ މެޖޯރިޓީ ލިބުނީ އެމްޑީޕީއަށެވެ. އެކަމަކު އެ ޕާޓީއަށް ތާއީދު ބޮޑެތި ރަށްތަކާއި، އަތޮޅުތަކާއި މާލެ ސިޓީގެ މެޖޯރިޓީ ވަނީ ގެއްލިފަ އެވެ. ވަގުތީ ނަތީޖާ ތަކަށް ބަލާއިރު މާލޭގެ މޭޔަރުކަމާއި ކައުންސިލްގެ މެޖޯރިޓީ ހޯދީ ޕީޕީއެމް އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside