logoEN
cocacola
ހުޅުމާލެ މާސްޓަރޕްލޭނަށް ބައިނަލްއަގްވާމީ އެވޯޑެއް!

ހުޅުމާލެ މާސްޓަރޕްލޭނަށް ބައިނަލްއަގްވާމީ އެވޯޑެއް!

އަހުމަދު މާހު

logo

4/15/2021, 3:30:34 PM

img-8910

ހުޅުމާލެ ތަރައްގީ ކުރުމަށް އެެެެކުލަވާލާފައި އޮތް ޕްލޭނަށް ބައިނަލްއަގުވާމީ އެވޯޑެއް ލިބިއްޖެއެވެ.

ގޮސިޔާ

އެޗްޑީސީން ނެެރުނު ނޫސް ބަޔާނެއްގައި ވަނީ ހުުޅުމާލެ ތަރައްގީ ކުރުމަށް އެކުލަވާލައިފައިވާ މާސްޓަ ޕްލޭންއަށް އޮނަރަބަލް އެވޯޑެއް ލިބިފައިވާ ކަމަށެވެ. މިހާތަނަށްވެސް މި މަޝްރޫއު އަށް ވަނީ ބައިނަލްއަގްވާމީ ގޮތުން ގިނަ އިނާމްތަކެއް ލިބިފައެވެ. މިގޮތުން ބައިނަލްއަގްވާމީ އަކިޓެކްޗަ އެވޯޑް ޕްރޮގްރާމެއްކަމުގައިވާ ދަ އާކިޓެކްޗަރ މާސްޓަރ ޕްރައިޒް (އޭއެމްޕީ) ގެ ފަރާތުން ކޮންމެ އަހަރަކު އާކިޓެކްޗަ ދާއިރާ އިން ދެމުން ގެންދާ ދަ އާކިޓެކްޗަރ މާސްޓަ ޕްރައިޒްގެ ހޮނޮރަބަލް މެންޝަން އެވޯޑް އިން ލޭންޑްސްކޭޕް އާކިޓެކްޗަ އަދި އަބަން ޕްލޭނިންގެ އެވޯޑް ވަނީ ހުޅުމާލެ މާސްޓަ ޕްލޭންއަށް ލިބިފައެވެ.

ހުޅުމާލެއަކީ، މާލެ ސަރަޙައްދުގެ ތޮށްޖެހުން ކުޑަކުރުމަށާއި މާލޭގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ޒަމާނީ ފެންވަރެއްގައި އިޖްތިމާއީ ގޮތުންނާއި އުމްރާނީ ގޮތުން ވެސް މީހުން ދިރިއުޅުމަށް ހިތްފަސޭހަ ތަނަކަށް ހެދުމަށް ފުރިހަމަ މާސްޓަ ޕްލޭނެއް އެކުލަވާލައިގެން ތަރައްގީ ކުރަމުން އަންނަ ރަށެކެވެ.

އެމެރިކާގެ ކުންފުންޏެއް ކަމުގައިވާ ދަ އާކިޓެކްޗަ މާސްޓަ ޕްރައިޒް އަކީ 1985 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އެކި ހިސާބުތަކުގައި އާކިޓެކްޗަ އަދި އާބަން ޕްލޭނިންގެ ރޮނގުން ފާހަގަކުރެވޭ ގިނަ މަސައްކަތްތަކެއްގެ އަގު ވަޒަންކޮށް މި ދާއިރާއިން މި މަސައްކަތްތައް ޕްރޮމޯޓްކުރުމުގައި އިސް ރޯލެއް އަދާ ކުރަމުން އަންނަ ކުންފުންޏެކެވެ.

މިގޮތުން ހުޅުމާލޭގެ މާސްޓަ ޕްލޭންއަށް ހޮނަރަރީ އެވޯޑު އެރުވުމާއި ގުޅިގެން އެ ކުންފުނީގެ ވެބްސައިޓްގައި ވަނީ ހުޅުމާލޭގެ މާސްޓަރ ޕްލޭންއަކީ، ދެމެހެއްޓެނިވި ގޮތެއްގައި މީހުން ދިރިއުޅުމަށް ހިތްފަސޭހަ ގިނަ ޕްރޮޖެކްޓްތަކެއް ހިމެނިގެން ހަދާފައިވާ ޕްލޭންއެއްކަން ފާހަގަކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ