logoEN
cocacola
އިލެޝްކަންސް ކޮމިޝަނަށް އެމްޑީޕީގެ އިތުބާރު އެބައޮތް

އިލެޝްކަންސް ކޮމިޝަނަށް އެމްޑީޕީގެ އިތުބާރު އެބައޮތް

އަހުމަދު ޝުރާއު

logo

4/15/2021, 11:00:59 AM

0C05A938-7855-4CDB-930B-CF837974E5D6

އިލެކްޝަންސް ކޮމިޝަނަށް އެމްޑީޕީގެ އިތުބާރު އެބައޮތްކަމަށް އެޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

ގޮސިޔާ

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި ގުޅިގެން ފާހަގަކުރެވުނު ބައެއް މައްސަލަތައް އީސީއަށް ހުށަހެޅުމަށްފަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިހާތަނަށް އީސީ އިން ގާނޫނާ ހިލާފު އަމަލެއް ހިންގި މަންޒަރު ފެނިވަޑައިގެންފައި ނުވާ ކަމަށް ލަތީފު ވަނީ ވިދާޅުވެފައިއެވެ. އަދި އެފަދަ މަންޒަރެއް ނުފެންނަހާ ހިނދަކު އެމްޑީޕީގެ އިތުބާރު އެ ކޮމިޝަނަށް އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިލެކްޝަންސް ކޮމިޝަނަށް އިތުބާރު ނުކުރަންވީ ސަބަބަބެއް އަދިއެއް ނެތް. އަޅުގަނޑުމެންނަކަށް އަދިއެއް ނުފެނޭ އިލެކްޝަންސް ކޮމިޝަނަކުން ގާނޫނާ ހިލާފަށް އެއްވެސް ކަމެއް ކުރާ ތަނެއް،" ލަތީފް ވިދާޅުވި އެވެ.

ނަމަވެސް، އެ ކޮމިޝަނަށް މައްސަލައެއް ހުށަހެޅުމުން އެމައްސަލަ ބަލައިދޭން ޖެހޭނެކަމަށް ދެކޭކަމަށް ލަތީފު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ދަންނަވާ ވާހަކައަކީ މިސާލަކަށް ވޯޓު ކަރުދާސް ބާތިލްވީ ގޮތް ބަލައިދޭން އެދުނީމާ ދެން އެއީ އެބޭފުޅުން ބައްލަވައިދޭން ޖެހޭ ކަމެއް ކަމަށް އަޅުގަނޑުމެން ދެކެނީ." ލަތީފް އިތުރަށް ވިދާޅުވިއެވެ.

އެމްޑީޕީއިން އީސީއަށް ނުފޫޒު ފޯރުވާކަމަށް ކުރާ ތުހުމަތުތަކާ ބެހޭގޮތުން ލަތީފް ވިދާޅުވީ އެޕާޓީއިން އީސީއަށް ނުފޫޒު ފޯރުވާފައި ނުވާނެކަމަށާއި އަދި ނުވެސް ފޯރުވާނެ ކަމަށެވެ.

އެމްޑީޕީއިން ބުދަ ދުވަހު ވަނީ، ހަ ވޯޓުފޮއްޓެއް އަލުން ގުނައިދިނުމަށް އެދި އިލެސްޝަންސް ކޮމިޝަނަށް ހުށަހަޅާފަ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ