logoEN
Sto top
މީޑިއާނެޓު މަލްޓި ސްކްރީންއިން ރޯދައަށް ޚާއްސަ "ރޯދަ ބަންޑަލް"

މީޑިއާނެޓު މަލްޓި ސްކްރީންއިން ރޯދައަށް ޚާއްސަ "ރޯދަ ބަންޑަލް"

އަހުމަދު ޝުރާއު

logo

4/15/2021, 10:30:10 AM

large_161838518020WMjp

މީޑިއާ ނެޓުގެ ސްޓީރިންމ އެޕްލިކޭޝަން ކަމުގައިވާ މަލްޓި ސްކްރީންގައި ރަމަޟާން މަހަށް ހާއްސަ ބަންޑަލް އެއް ތައާރަފްކޮށްފި އެވެ.

Wamco

މީޑިއާނެޓުން މައުލޫމާތުދޭ ގޮތުގައި އަންނަ މޭ މަހުގެ 13 ވަނަ ދުވަހާ ހަމައަށް އެ ބަންޑަލް މަލްޓް ސްކްރީނުން ބަލައިލެވޭނެއެވެ.

ރޯދައަށް ޚާއްސަ މަލްޓި ސްކްރީން ކޮމްބޯ ޕެކޭޖުގައި 30 އަށްވުރެ ގިނަ ޗެނަލާއި ވީޑިއޯ އޮން ޑިމާންޑް ހިމެނެ އެވެ. އެ ކޮމްބޯގެ ދެ މަހުގެ ސަބްސްކްރިޕްޝަން ގަތުމުން، އެއް މަސް ހިލޭ ވެގެންދާނެ އެވެ. އަދި ހަތަރު މަހުގެ ސަބްސްކްރިޕްޝަން ގަތުމުން ދެ މަސް ހިލޭ ވާނެ ކަމަށް މީޑިއާނެޓުން ބުންޏެވެ.

މީޑިއާ ނެޓުން ބުނީ މަލްޓިސްކްރީން ވީއޯޑީ ޕެކޭޖު ލިބޭނީ މީޑިއާނެޓް ބޭސިކް އަދި ފެމެލީ ސަބްސްކްރައިބާޒް އަށް ކަމަށެވެ. އެ ޕެކޭޖުގެ ދެ މަހުގެ ސަބްސްކްރިޕްޝަން ގަތުމުން، އެއް މަސް ހިލޭ ވެގެންދާނެ އެވެ. އަދި ހަތަރު މަހުގެ ސަބްސްކްރިޕްޝަން ގަތުމުން ދެ މަސް ހިލޭ ވާނެ ކަމަށް މީޑިއާނެޓުން ބުންޏެވެ.

ހަމައެއާއެކު މީޑިއާނެޓުގެ 'ވޯންޓް އިޓް އޯލް' ކަސްޓަމަރުންނަށް ވެސް މަލްޓިސްކްރީން ވީއޯޑީ އަށް އެއް މަހުގެ ފްރީ ސަބްސްކްރިޕްޝަން ލިބިގެންދާނެ އެވެ.

މީޑިއާނެޓުގެ ވެބްސައިޓުން މަލްޓި ސްކްރީން ރޯދަ ބަންޑަލްގެ ފައިދާތައް ހޯދޭނެ އެވެ. އެޕް ސްޓޯ އަދި ގޫގުލް ޕްލޭ ސްޓޯ އިން މަލްޓި ސްކްރީން ޑައުންލޯޑް ކުރެވޭނެ އެވެ.

މަލްޓި ސްކްރީން މެދުވެރިކޮށް ކަސްޓަމަރުންނަށް ލައިވް ޓީވީ ޗެނަލްތަކާއި، ވީޑިއޯ އޮން ޑިމާންޑް، ފިލްމުތަކާއި ޓީވީ ސީރީޒްތައް ބަލައިލެވޭނެ އެވެ. އެޕްލިކޭޝަން މެދުވެރިކޮށް ބޭރުގެ ޗެނަލްތަކާއި ފިލްމުތަކުގެ އިތުރުން ދިވެހި ޗެނަލްތަކާއި ފިލްމާއި، މީޑިއާނެޓް އޮރިޖިނަލްސް ވެސް ބަލައިލެވޭނެ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside