logoEN
ޕީއެންސީ 2
ޗެމްޕިއަންސް ލީގު: ލިވަޕޫލް ކަޓުވާލައި ރިއާލް ސެމީއަށް

ޗެމްޕިއަންސް ލީގު: ލިވަޕޫލް ކަޓުވާލައި ރިއާލް ސެމީއަށް

އަހުމަދު ޝުރާއު

logo

4/15/2021, 9:45:58 AM

skysports-karim-benzema-real-madrid_5337820

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލުގައި ލިވަޕޫލް ކަޓުވާލައި ރެއާލް މެޑްރިޑް މުބާރާތުގެ ސެމީފައިނަލަށް ދަތުރުކޮށްފިއެވެ.

ޝަރީ 2024

މުބާރާތުގެ ސެމީފައިނަލަށް ރެއާލް ދަތުރުކުރީ ލިވަޕޫލްގެ ދަނޑުގައި ކުޅުނު ދެވަނަ ލެގުގައި ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހުމުން ފުރަތަމަ ލެގުގައި ކާމިޔާބުކުރި ލަނޑުތަކުންނެވެ.

ރެއާލްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު އެ ޓީމު ކާމިޔާާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ. މިއާއި އެކު ރެއާލް ސެމީގެ ޖާގަ ކަށަވަރުކުރީ މި އެގްރިގޭޓް ނަތީޖާއިންނެވެ.

މި މެޗުގެ ކުރީކޮޅު ލިވަޕޫލްގެ މުހައްމަދު ސަލާހަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. ނަމަވެސް ރެއާލްގެ ކީޕަރު ތިބައުޓް ކޯޓުއާ ވަނީ ހުށިޔާރުކަމާއެކު އެ ބޯޅަ ދިފާއުކޮށްފައެވެ. މީގެއިތުރުން ޖޭމްސް މިލްނާ އާއި ވައިނަލްޑަމް އަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. މި މެޗުގައި ލިވަޕޫލުން މަސައްކަތްކުރީ ކުރީކޮޅުގައި ލަނޑެއް ޖެހުމަށެވެ. ނަމަވެސް އެކަން ކާމިޔާބުވާގޮތެއް ނުވިއެވެ.

ރެއާލަށް މި މެޗުގައި ލަނޑުޖަހާނެ އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ބެންޒެމާ އަށެވެ. އޭނާ ފޮނުވާލި ބޯޅަ ލިވަޕޫލްގެ ކުޅުންތެރިއެއް ގައިގަ ޖެހިފަ އަމާޒުވީ ދަނޑިއަށެވެ.

މި ނަތީޖާއާއި އެކު މުބާރާތުގެ ސެމީފައިނަލުގައި ރެއާލް މެޑްރިޑް ބައްދަލުކުރަން ޖެހޭނީ ސެމީން ޖާގަ ހޯދި ޗެލްސީއާއެވެ. ޗެލްސީން ސެމީގެ ޖާގަ ހޯދީ ޕޯޓޯއާއި ވާދަކޮށް 2-1 ގެ އެގްރިގޭޓް ނަތީޖާއިން ކުރިހޯދައިގެންނެވެ

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ