
294048_3_a81621bc2d6f1fc8f924cab5af29ae8cd0886e48_large
ކޮވިޑް19 އާ ދެކޮޅަށް ދޭ ވެކްސިން ޖެހުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިރޭ މާލެ ގެނައުމުން ވެކްސިން ޖެހުމަށް ދެކޮޅު ހައްދަވައިފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލަކާއި ހަވާލާދީ ރާއްޖޭގެ ބައެއް މީޑީއާ ތަކުން ރިޕޯޓުކުރާ ގޮތުގައި ވެކްސިން ޖެހުމަށް ޔާމީން މާލެ ގެނައީ މިރޭ 9:45 ހާއިރު ކަމަށާއި އެކަމަކު އެކަމަށް އިންކާރު ކުރެއްވުމުން އަނބުރާ މާފުށީ ޖަލަށް ގެންދިޔަ ކަމަށެވެ.
މަނީ ލޯންޑަރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ޔާމީން ވެކްސިން ޖެއްސެވުމަށް އިންކާރުކުރެއްވި ސަބަބެއް ސާފެއް ނުވެ އެވެ.
އެނގިފައިވާ ގޮތުގައި ޔާމީނަށް ވެކްސިން ދިނުމަށް ގެންދިޔައީ އޭޑީކޭ ހޮސްޕިޓަލަށެވެ.
ރާއްޖޭގައި މި ވަގުތު އާއްމުކޮށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހަމުން އަންނަނީ ޗައިނާގެ ސައިނޯފާމް ވެކްސިނުންނެވެ. ފައިޒާ ވެކްސިން ޖަހައިދެނީ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް އެކަންޏެވެ.