logoEN
cocacola
ކަމަނަ އިއްވިލިޔަނި އެޕް އިފްތިތާހުކޮށްފި

ކަމަނަ އިއްވިލިޔަނި އެޕް އިފްތިތާހުކޮށްފި

ddd

ދިވެހިބަހުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކަމަނަ ލިޔަނިއިއްވި ނަމަުގައި އެޕްލިކޭޝަންއެއް އިފްތިތާހްކޮށްފިއެވެ.

ގޮސިޔާ

މި އެޕްލިކޭޝަނާއި އިފްތިތާހްކޮށްދެއްވީ ދިވެހިބަހުގެ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ވާރޗުއަލްކޮށް ބޭއްވުނު ރަސްމިއްޔާތެއްގައެވެ. މި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ފަންނާއި ސަގާފަތާއި ތަރިކައިގެ ވުޒާރާގެ ޚާއްސަ މުޝީރު ނިޝާން ޢިއްޒުއްދީން ޢިއްޒަތުގެ ވެރިޔާ އަލްފާޟިލް އަބްދުﷲ ޞޯދިޤެވެ. މިޖަލްސާގައި މިނިސްޓަރ ޔުމްނާ މައުމޫނާއި ސްޓޭޓް މިނިސްޓަރ އަލްފާޟިލް އަޙްމަދު ތާރިޤުގެ އިތުރުން އެ ވުޒާރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މިޖަލްސާގައި ދިވެހިބަސް ޓެކްނޮލޮޖީއާ ރައްޓެހި ކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން "ކަމަނަ އިއްވިލިޔަނި" މި ނަމުގައި ހާއްސަ އެޕެއް ވަނީ އިފްތިތާހްކޮށްފައެވެ. މި އެޕް އިފްތިތާހުކޮށްދެއްވީ (ނ.ޢ.ޢ.ވ) އަލްފާޟިލް އަބްދުﷲ ޞާދިޤެވެ. މިއީ ދިވެހިބަހުން ލިޔާ އެއްޗެއް ފަންނިއްޔާތުގެ އެހީގައި އަޑުއަހާލެވޭ އަދި ދިވެހިބަހުން އިއްވާ އަޑުތައް ލިޔުމެއްގެ ގޮތަށް ބަދަލުކޮށްލެވޭ އެޕެކެވެ.

undefined

މިއަހަރުގެ ދިވެހިބަހުގެ ދުވަހުގެ ޝިޔާރެއްގެ ގޮތުގައި ދިވެހި ބަހުގެ އެކެޑެމީއިން ކަނޑައަޅާފައިވަނީ "ދިވެހިބަހުން ބުނަމާ! އަދި ލިޔަމާ!" އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ