logoEN
ކޮކާކޯލާ
ޑޫޑަލް ޝާފިޒްގެ ތަފާތު ހުނަރެއް!

ޑޫޑަލް ޝާފިޒްގެ ތަފާތު ހުނަރެއް!

10B1E2F9-8CA9-4133-BFC2-2A51BEFE34AF

ހުވަދު އަތޮޅަކީ އެކި އެކި ގޮތްތަކުން ހުނަރުން ފުރިފައިވާ މީހުން ތިބި އަތޮޅެއްކަން ގައިމެވެ. ޕައިލެޓަކަށް ނުވަތަ ޑޮކްޓަރަކަށް ކޮންމެ މީހަކު ނުވިޔަސް، ހުވަދޫގެ ރައްޔިތުންނަކީ އެމީހަކަށް ލިބިފައި ހުރި އެއްޗަކުން އެމީހެއްގެ ހުނަރު އެންމެ ފުރިހަމަ ގޮތުގައި ދައްކުވަމުންދާ ބައެއްކަމީވެސް ޝައްކެއްއޮތް ކަމެއް ނޫނެވެ. އެބީދާއިން، "ގާފު"އިން މިގެނެސްދެނީ އެފަދަ ހުނަރުވެރި ޒުވާނެއްގެ ވާހަކައެވެ. ޑޫޑުލް އާރޓްގެ ދާއިރާއިން މާ މަޝްހޫރު ނޫނަސް، ހުނަރުން ފުރިފައިވާ ޒުވާނެއްގެ ވާހަކައެވެ.

އަބުޅޯ

ހުވަދު އަތޮޅު ދެކުނުބުރީގެ ވެރިރަށް ކަމުގައިވާ ގދ.ތިނަދޫއަށް އުފަން ޝާފިޒް އަކީ އެންމެ ކުޑައިރުއްސުރެވެސް ކުރެހުމާއި އެއާއި ގުޅޭ އެހެނިހެން ކަންކަމާއި މެދު ވަރަށް ޝައުގުވެރިކަން ހުންނަ މީހެކެވެ. އެހެން ނަމަވެސް އެންމެ ބޮޑަށް ކުރެހުމުގެ ދާއިރާއަށް ޝާފިޒްއަށް ވަދެވުނީ ސްކޫލްގެ އާރޓް މާއްދާ ޙިޔާރު ކުރި ހިސާބުންނެވެ.

"އަސްލު އެންމެ ފުރަތަމަ ކުރެހުމުގެ ތެރެއަށް ވަދެވުނީ ސްކޫލް އިން އާރޓް މާއްދާ ކިޔަވަން ފެށި ހިސާބުން. އެހެންނަމަވެސް އެންމެ ކުރިއްސުރެވެސް ކުރެހުމާއި މެދު ވަރަށް ޝައުގުވެރިކަން ހުރޭ."

ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓްގައި މަސައްކަތްކުރާ ޝާފިޒް އެންމެ ފުރަތަމަ ކުރަހަމުން ގެންދިޔައީ ގަނޑުގައިއެވެ. ނަަމަވެސް މިހާރު އޭނާގެ ހުނަރު އިތުރަށް ތަރައްޤީކޮށް ޓީޝާޓް ތަކާއި ސައިކަލުތަކުގެ ކަވަރު ފަދަ ތަކެތީގައިވެސް ޝާފިޒް ދަނީ ކުރަހަމުންނެވެ.

undefined

ގަނޑުގައި ކުރަހަން ފެށި ޝާފިޒް އެހެން އެއްޗެހީގައި ކުރަހަން ފަށަން ޙިޔާލު އައީ ކިހިނެއްތޯ އެހުމުން ދިން ޖަވާބު ވަރަށްވެސް ސާދާއެވެ.

"އަސްލު އަމިއްލައަށް ޓްރައިއެއް ދޭންވީއޭ ހިތާ ޓްރައި ކުރީ. އޭރު އެންމެ ފުރަތަމަ ޓްރައި ކުރީ ޓީޝާޓް ތަކުގައި. އެގޮތުން ޕްލެއިން ދެ ޓީޝާޓެއްގައި މާރކާސް ބޭނުންކޮށްގެން ކުރަހާފަ އޭގެ ފޮޓޯ ނަގާފަ ސްނެޕްކުރީމަ އާއިލާއާއި ރަށްޓެހިންގެ ފަރާތުން އުންމީދުކުރިވަރަށް ވުރެ ބޮޑު ތަރުޙީބެއް ލިބިގެން ދިޔަ. އެެއީ އަސްލު މޯޓިވޭޝަންއައި ހިސާބަކީ."

ޝާފިޒްއަކީ ކުރެހުމުގެ ދާއިރާގައި އެންމެ މަޝްހޫރު މީހަކަށް ނުވިޔަސް، އެނާގެ ކުރެހުމުގެ ހުނަރު ފެނިފައި ކޮންމެ މީހަކުވެސް އާޝޯޙުވާނެކަން ގައިމެވެ. އެކަން އެންމެ ބޮޑަށް ފާހަގަ ވެގެންދާނެ ކަމަކީ ޝާފިޒްކުރެހި ސައިކަލްތަކުގެ ޓޭންކްތަކުންނެވެ.

undefined

"ޖީ-އެން 125" ގެ ސައިކަލްތަކުގެ ޓޭންކްތަކުގައި ޝާފިޒް ޑޫޑުލް އާރޓް ކުރެހަމުން ގެންދަނީ މާރކާސް ބޭނުންކޮށްގެންނެވެ. ބުރަ ކަމަކަށްވިޔަސް، ރައްޓެހިންގެ ފަރާތުން ލިބެމުންދާ ތަރުހީބާއި އެހީތެރިކަމާއި އެކު، ޝާފިޒް އެ ޓޭންކްތަށްވެސް ކުރަހައި ނިންމާލީ ވަރަށްވެސް ރީތިކޮށެވެ.

undefined

ކޮންމެއަކަސް، ކޮންމެ ކަމެއް ކުރުމުގައިވެސް ދަތިތަކެއް ހުންނާނެއެވެ. އެގޮތުން ޝާފިޒް ފާހަގަ ކުރިގޮތުގައި ޝާފިިޒްއަށް ކުރެހުމުގައި ދިމާވާ އެންމެ ބޮޑު ދައްޗަކީ މާލޭގައި އުޅޭ އިރު ކުރެހުމަށް އޮންނަ ޖާގައިގެ ދަތިކަމެވެ. ދައްޗާއި އެއްކޮށްވެސް ޝާފިޒްގެ އުންމީދުތަށް ވަރަށްވެސް ފޮނިއެވެ.

"އުންމީދަކީ މިދާއިރާގައި ދެވެންއޮތް އެންމެ ކުރިއަކަށް ދެވުން. ހަމައެހެންމެ، މި މަސައްކަތް އަދި އިތުރަށް ފުޅާކޮށް ގިނަ މީހުންނަށް ފެންނާނެހެން މަސައްކަތްކުރުން. އުންމީދުކުރަނީ މިކަންކަން ޙާސިލް ވާނޭ ކަމަށް."

ކޮންމެއަކަސް، "ގާފު"ޓީމްގެ ފަރާތުން ޝާފިޒްއަށް އެދެނީ އުންމީދީ، ފާގަތި ކުރިއެރުމަކަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ