logoEN
cocacola
ބޭނުންޖެހޭ ކޮންމެ ވަގުތެއްގައި ރާއްޖެއަށް ޗައިނާއިން އެހީވާނެ - ޗައިނާ ސަފީރު

ބޭނުންޖެހޭ ކޮންމެ ވަގުތެއްގައި ރާއްޖެއަށް ޗައިނާއިން އެހީވާނެ - ޗައިނާ ސަފީރު

އަހުމަދު ޝުރާއު

logo

11/19/2020, 11:45:59 AM

big_Nw57gQF4efdC2rBW5Vjfboubc

އެހީތެރިކަން ބޭނުންވާ ކޮންމެ ވަގުތެއްގައި ވެސް އެހީވާން ޗައިނާ ތައްޔާރަށް އޮއްނާނެެ ކަމަށް ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލީޖޮންގެ ވިދާޅުވެއްޖެ އެވެ.

ގޮސިޔާ

އަންނަ އަހަރު ރާއްޖެއިން ޗައިނާ އަށް ދައްކަން ޖެހޭ ބައެއް ލޯނުތައް ފަސްކޮށްދީފައިވާ ކަން ފާހަގަކުރައްވައި ސަރީފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި ހަގީގީ ރަހުމަތްތެރިންނަކީ ބޭނުން ޖެހިފައިވާ ވަގުތު އެހީވާ މީހުން ކަމަށާއި އެހީތެރިކަން ބޭނުންވާ ކޮންމެ ވަގުތެއްގައި ވެސް ރާއްޖެއަށް އެހީވާން ޗައިނާ އޮއްނާނެ ކަމަށެވެ.

ލޯނުތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ ބައްދަލު ކުރައްވާފައިވާ ކަމަށާއި ޗައިނާގެ ލޯނުތައް ދެއްކުމުގައި ދީފައިވާ ލުއި މިނިސްޓަރު ބަލައިގެންނެވި ކަމަށް ޓުވީޓުގައި ސަފީރު ވަނީ ވިދާޅުވެފައެވެެ. އަދި ރާއްޖެ އާއި ޗައިނާއާ ދެެމެދު އޮތް ގުޅުން ވަރުގަދަ ކުރުމަށް، ޗައިނާއިން އަބަދުވެސް އެހީތެރިވާނެ ކަމަށްވެެސް ވިދާޅުވެފައި ވެއެވެ.

އަންނަ އަހަރު ރާއްޖެއިން ޗައިނާއަށް ދައްކަން ޖެހޭ ބައެއް ލޯނުތައް ޖީ-20ގެ " ޑެޓް ސާވިސް ސަސްޕެންޝަން އިނީޝިއޭޓިވް " (ޑީއެސްއެސްއައި) ގެ ދަށުން ފަސްކޮށްދީފައިވާ ކަމަށް ސަރުކާރުންވެެސް ވަނީ ބުނެެފައެވެ. ލޯނުތައް ފަސްކޮށްދީފައިވާ ކަމަށް ރައީސް އޮފީހުން ކަށަވަރު ކޮށްދީފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ޗައިނާއިން ލޯނުތަކަށް ލުއި ނުދޭ ކަމަށް ވިދާޅުވެފަ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ