logoEN
ޕީއެންސީ 2
އަވޭ ގޯލްއިން ފަހުގެ ޗެމްޕިއަން ބަޔާން މިޔުނިކް ކަޓުވާލައި ޕީއެސްޖީ ސެމީއަށް

އަވޭ ގޯލްއިން ފަހުގެ ޗެމްޕިއަން ބަޔާން މިޔުނިކް ކަޓުވާލައި ޕީއެސްޖީ ސެމީއަށް

skysports-neymar-psg-celeb_5341393

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެ ވަނަ ލެގުގައި ޕީއެސްޖީ އިން އެންމެ ފަހުގެ ޗެމްޕިއަންސް ބަޔާން މިޔުނިކް ކަޓުވާލައި ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

ޝަރީ 2024

ޗެމްޕިއަން ބަޔާން މިއުނިކުން ވަނީ 1-0 އިން ޕީއެސްޖީ ދަނޑުގައި މޮޅުވެފަ އެވެ. ނަމަވެސް ޕީއެސްޖީ އަށް ކުރި ލިބުނީ އެގްރިގޭޓް 3-3 އިން އެއްވަރުވިއިރު، ރަށުންބޭރުގައި ޖަހާފައިވާ ގޯލުތަކަށް ބަލާފައެވެ.

ރޭގެ މެޗުގައި ޕީއެސްޖީގެ ބްރެޒިލް ތަރި ނޭމާ ފޮނުވާލި ބައެއް ޝޮޓްތައް ވަނީ ނުރައްކާކޮށްފަ އެވެ. އޭނާ ފޮނުވާލި ދެ ބޯޅައެއް ވަނީ ގޯލުގެ ދަނޑީގައި ޖެހިފަ އެވެ. ދެ ވަނަ ހާފުގައި ކީލިއަން އެމްބާޕޭ ޖެހި ގޯލެއް ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ.

މިއީ މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުން ބަޔާން އަތުން ވީ ބަލި ހަނދާނުން ފޮހެލަން ޕީއެސްޖީ އަށް ރަނގަޅު ބަދަލުހިފުމެކެވެ. ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ޕީއެސްޖީން ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުުން ފުރުސަތު ހޯދިއިރު، ސެމީގައި އެ ޓީމު ބައްދަލުކުރަން ޖެހޭނީ މެންޗެސްޓާ ސިޓީ އާއި ބޮރޫޝިއާ ޑޯޓްމަންޑް ކުޅެގެން މޮޅުވާ ޓީމަކާ އެވެ. ފުރަތަމަ ލެގުން ސިޓީ ވަނީ 2-1 އިން ޑޯޓްމަންޑް ބަލިކޮށްފަ އެވެ .

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ