logoEN
ކޮކާކޯލާ
ތިނަދޫގެ ފްލެޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ތިނަދޫގެ ފްލެޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އަހުމަދު ޝުރާއު

logo

4/14/2021, 6:28:42 AM

9F9EBDF0-2F2C-4E4A-A18C-6E35CA0BE861

undefined

އަބުޅޯ

“ގާފު” އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ރޭ 0315 ހާއިރު ތިނަދޫގެ 5 ނަންބަރު ފްލެޓުގައި އެވެ. މި އަލިފާނުގެ ހާދިސާގައިއެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވެއެވެ. ނަމަވެސް އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ބަދިގޭގައި ކަމުން ބަދިގެއަށް ގެއްލުންތަކެއް ލިބިފައިވާކަމަށްވެސް މައުލޫމާތު ލިބެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ ގޭސް ހޮޅީގައި އަލިފާން ހިފުމުގެ ސަބަބުން ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. އަދި ރޯވި އަލިފާންގަނޑު އެފްލެޓުގެ އެހެންއެޕާޓްމެންޓެއްގައި ހުރި ކާޑެއްދޫ އެއާޕޯޓުގެ ފަޔާރ ޑިޕާޓްމެންޓުގެ ކުއްޖެއްގެ އެހީގައި ވަނީ ނިއްވާލާފައި އެވެ.

އެފްލެޓުގައި އުޅޭ ފަރާތެއް ގާފު އަށް މައުލޫމާތު ދެއްވަމުން ބުނި ގޮތުގައި ފްލެޓްގެ އަލިފާނުގެ ހާދިސާއެއް ހިނގިކަން އެ ފްލެޓުގެ މީހުންނަށް އެނގުނީ ވަރަށްބޮޑަށް ދުން އަރަން ފެށުމުން ކަމަށެވެ. އަދި ތިނަދޫ ކައުންސިލް އިން ފްލެޓުގެ ފަޔާ އެލާމްތަށް ނިއްވާފައި ހުރުމުން އެލާމްތަށް މަސައްކަތް ނުކުރާ ކަމަށްވެސްއޭނާ ބުންޏެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ