logoEN
cocacola
އީސީއާއި އެޗްޕީއޭ ތިބީ އެމްޑީޕީގެ އުނގުގައި ނަޝަން - ޑރ ޖަމީލް

އީސީއާއި އެޗްޕީއޭ ތިބީ އެމްޑީޕީގެ އުނގުގައި ނަޝަން - ޑރ ޖަމީލް

އަހުމަދު ޝުރާއު

logo

4/14/2021, 11:47:06 AM

278404_3_215d75cfbd087db18e8ee94e90604006d88d4a19

އިލެކްޝަން ކޮމިޝަނާއި ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ނަޒަހާތްތެރިކަން ގެއްލި، މިހާރު އެ ދެމުވައްސަސާވެސް ތިބީ އެމްޑީޕީގެ އުނގުގައި ކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ގޮސިޔާ

ޑރ. ޖަމީލް ކުރެއްވި ޓުވީޓެއްގައި ވަނީ، ސިޔާސީ ނުފޫޒް އިލެކްޝަން ކޮމިޝަންގެ މައްޗަށް ނެތްކަން އެބަ އިނގޭކަމަށާއި އެމްޑީޕީން ބޭނުންވުމުން އިންތިޚާބުގެ ތާރީޚް ބަދަލުކޮށް، ފޮށިތައް އަލުން ގުނޭ ކަމަށެވެ. ޖަމީލް މިމޭރުމުން ޓުވީޓު ކުރައްވާފައިވަނީ އިލެކްޝަން ކޮމިޝަނުން އެއްވެސް ސިޔާސީ ނުފޫޒަކަށް ތަބާ ނުވާނެ ކަމަށް އަންގާރު ދުވަހު އިލެކްޝަން ކޮމިޝަންއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކޮމިޝަންގެ ރައީސް ޝަރީފު އަހުމަދު ވިދާޅުވުމާއި ގުޅިގެންނެވެ.

ޑރ. ޖަމީލް ވަނީ އިލެކްޝަން ކޮމިޝަނާއި ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ނަޒަހާތްތެރިކަން ގެއްލި، މިހާރު އެ ދެމުވައްސަސާވެސް ތިބީ އެމްޑީޕީގެ އުނގުގައި ނަށަން ކަމަށާއި މިހާރު އެކަން ކަށަވަރު ވަމުން އަންނަ ކަމަށް ވިދާޅުވެފައި އެވެ.

ބުދަ ދުވަހު ބައެއް ދާއިރާތަކުގެ ނަތީޖާ ޝީޓުތައް ކަށަވަރު ކުރުމަށް ބޭނުންވާތީ ބައެއް ދާއިރާތަކުގެ ވޯޓު ފޮށިތައް ގުނުމަށް އޮތީ ހަމަޖެހިފައެވެ. ވޯޓުތައް އަލުން ގުނާ ތަނަށް ހާޒިރުވުމަށް ހުރިހާ ކެންޑިޑޭޓުންނަށާއި މީޑިއާތަކަށް ވެސް އީސީއިން ދައުވަތު ދިނެވެ. އެހެން ނަމަވެސް އެތަނަށް ބަޔަކު ވަނީ ގަދަކަމުން ވަދެގަނެ އީސީގެ މަސައްކަތްތަކަށް ހުރަސް އަޅާފައެވެ. ވޯޓު އޮޅުވާލަން މަސައްކަތް ކުރާ ކަމަށް ބުނެ އެއްވި މީހުން ވަނީ އީސީގެ އިންތިހާބީ މަރުކަޒު ތެރޭގައި ހަމަނުޖެހުން ހިންގާފައެވެ.

މިކަމާއި ގުޅިގެން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އީސީގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ، މިއަދު ކުރިއަށް ގެންދަން އުޅުނު އެކްސަސައިޒް އަކީ ސިޔާސީ ޕާޓީއެއް ނުވަތަ އެހެން އެއްވެސް ފަރާތަކުން ހުށަހަޅާފައިވާ ޝަކުވާއަކާއި ގުޅިގެން ކުރިއަށް ގެންދަން އުޅުނު އެކްސަސައިޒް އެއް ނޫން ކަމަށެވެ. އެހެންނަމަވެސް، އެއީ ނަތީޖާ ކަށަވަރު ކުރުމުގެ ގޮތުން ކުރިއަށް ގެންދާ އެކްސަސައިޒް އެއް ކަމަށެވެ. އަދި މިކަން ކުރަން އުޅުނީ ގާނޫނުގައި ވާ ގޮތަށް ކަމަށްވެސް ވިދާޅުވިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ