މަހަށް ނުކުމެ އުޅުނު މަސްވެރިއެއްގއ ހާލު ދެރަވެގެން ގއ. ވިލިނގިލީގައި ހުންނަ ގއ އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.
އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި ހާލު ދެރަވީ ވިލިނގިލީގެ 23 ނޯޓިކަލް މޭލު ބޭރުން 16 މީހުނާ އެކު ދަތުރުކުރަމުން ދިޔަ “މަސްގެލެރީ” ނަމަކަށް ކިޔާ ދޯންޏެއްގައި ހުރި ބިދޭސީއެކެވެ.
އެ ހަދިސާގެ މައުލޫމާތު އެމްއެންޑީއެފަށް ލިބުނީ މިރޭ 00:40 ހާއިރުއެވެ. އަދި އެމީހާ ވިލިނގިލީ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މިރޭ ދަންވަރު 03:20 ހާއިރު ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.
އެމީހާ ވިލިނގިލީ ހޮސްޕިޓަލަށް ގެންދިޔައީ ހޮޑުލައި ކަރުން ލޭ އަންނާތީއެވެ. އެމްއެންޑީއެފުން ބުނީ އެމީހާއަށް ދިމަވީ “ކުއްލި ސިއްޙީ މައްސަލައެއް” ކަމަށެވެ.
ތަފްސީލް އަންނަނީ...