logoEN
cocacola
ތިނަދޫ ކަނބަލުންގެ މުބާރާތާ ގުޅިގެން ކޯޓަށް ވެއްދި މައްސަލަ އަނބުރާ ނަގަނީ

ތިނަދޫ ކަނބަލުންގެ މުބާރާތާ ގުޅިގެން ކޯޓަށް ވެއްދި މައްސަލަ އަނބުރާ ނަގަނީ

އަޙްމަދު ޖަމީލު

logo

11/18/2020, 10:41:56 PM

6DA950BC-06FA-4888-BA44-D81C9E74DBE7

ތިނަދޫ ޔޫތް ފުޓްސަލް ކްލަބުގެ “ޑަބްލިއުޑީސީ ހިޔަލަ ފުޓްސަލް މުބާރާތް 2020 އާ ގުޅިގެން ކޯޓަށް ވެއްދި މައްސަލަ އަނބުރާ ނަގަން، މައްސަލަ ކޯޓަށް ވެއްދި އޭބީވައިޓީ ޓީމުން ނިންމައިފި އެވެ.

ގޮސިޔާ

މި މައްސަލައާ ގުޅިގެން އޭބީވައިޓީ ޓީމުން ނެރުނު ބަޔާނެއްގައި ބުނީ ތިނަދޫ ކައުންސިލުން ނިންމި ނިންމުމާ ގުޅިގެން އެމައްސަލަ ކޯޓުގައި އިތުރަށް ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށެވެ.

އެ ޓީމުގެ ބަޔާނުގައި ބުނެފައިވަނީ އެ ޓީމުން އިންސާފަށް ވާސިލްވުމަށް ކުރި މަސައްކަތުން އެ ޓީމްގެ ކުޅުންތެރިޔާއަށް ކުޅެވޭ ގޮތަށް އިންސާފުވެރިކަމާއެކު މުބާރާތް އިންތިޒާމް ކުރުމަށް ތިނަދޫ ކައުންސިލުން އެ ކްލްބަށް އަންގާފައިވާ ކަމަށެވެ. އަދި އެފަދަ އެ އެންގުން ޖަމިއްޔާއަށް އަންގާފައިވާ ލިޔުން އެ ޓީމަށް ފޮނުވާފައިވާތީ ކައުންސިލްގެ އެ ނިންމުމާ ގުޅިގެން ކޯޓަށް ވައްދާފައިވާ މައްސަލަ އަނބުރާ ނެގުމަށް ނިންމާފައިވާ ކަމަށެވެ.

"ގާފު" އަށް މައުލޫމާތު ދެއްވުމުން ތިނަދޫ ކައުންސިލްގެ ރައީސް އަލީ އަމްޖަދު ވިދާޅުވީ, އެ ކުޅުންތެރިޔާއަށް ނުކުޅެވޭ ގޮތަށް ނިންމާފައިވާ ނިންމުން މުބާރާތުގެ ގަވާއިދާ ފުށޫއަރާ ކަމަށް ކައުންސިލުން “ލަފާ” ދިނީ އެ މައްސަލައާ ގުޅިގެން ހުށަހަޅާފައިވާ ލިޔުންތަކަށް ބެލުމަށް ފަހުގައެވެ. އަދި ތިނަދޫ ކައުންސިލުން އެދެނީ މުބާރާތުގެ ގަވާއިދާ އެއްގޮތަށް އިންސާފުވެރިކަމާއެކު މުބާރާތް ކުރިއަށް ގެންދިއުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ މި މައްސަލާގައި ގޮތެއް ނިންމާނީ ކޯޓުން ކަމަށެވެ.

މިކަމާ ގުޅިގެން މުބާރާތުގެ ޑިސިޕްލިނަރީ ކޮމެޓީގެ މެންބަރަކަށް ގުޅުމުން ބުނީ އެކަމާ ގުޅިގެން ވަކި އެއްޗެއް ހާމަކުރެވެން އޮތީ ކޮމިޓީގެ ހުރިހާ މެމްބަރުންގެ ބައްދަލުވުމަކަށް ފަހުގައި ކަމަށެވެ. އަދި އިތުރަށް ބުނީ މުބާރާތުގައި ބައިވެރިވާ ފަސް ޓީމުގެ މެނޭޖަރުންނާ ބައްދަލުކޮށް އެ މާއްދާގައި ބަޔާންކުރާ ޝަރުތުތައް ވަރަށް ސާފުކޮށް ކިޔައިދީފައިވާނެ ކަމަށާއި, ހަތަރު ޓީމަކަށް އެ މާއްދާގައިވާ ބަޔާންކުރާ ކަންކަން ސާފުވެ, އެންމެ ޓީމަކަށް ސާފު ނުވުމަކީ މުބާރާތް އިންތިޒާމް ކުރާ ފަރާތުން ޒިންމާވާން ޖެހޭ ކަމެއް ނޫން ކަމަށެވެ.

މިފަދަ މައްސަލަތަކުގައި އަމަލު ކުރާ އާންމު އުސޫލަކީ ގަވާއިދުގައި އޮންނަ މާއްދާއަކާ ޚިޔާލު ތަފާތުވާނަމަ އެކަން ސާފުކޮށްދޭނީ މުބާރާތުގެ އިންތިޒާމީ ކޮމިޓީން ޓީމްތަކުގެ މެނޭޖަރުންނާ ބައްދަލުކުރުމަށް ފަހުގައި ކަމަށް އޭނާ ބުންޏެވެ.

މި މައްސަލަ ކޯޓަށް ވައްދާފައިވަނީ މުބާރާތުގައި ބައިވެރިވާ "އޭބީވައިޓީ" ޓީމްގެ ފަރާތުންނެވެ. އެ ޓީމްގެ މެނޭޖަރު ބުނެފައިވާ ގޮތުން, މުބާރާތުގެ ގަވާއިދާ ޚިލާފަށް ޓީމުގައި ބައިވެރިވުމުގެ ފުރުސަތު ގެއްލިފައިވަނީ ގދ. ތިނަދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ މޯލްޑިވްސް ޕޮލިސް ސަރވިސްގެެ މުވައްޒަފަކަށެވެ. އަދި ޓީމް ލިސްޓު ހަވާލުކުރި އިރު އެ ކުޅުންތެރިޔާ ތިނަދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ކަމުގެ ލިޔުމާއި, ތިނަދޫގައި ދިރިއުޅޭ ކަމުގެ ލިޔުންވެސް ހަވާލުކޮށްފައިވާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ