logoEN
ޕީއެންސީ 2
ކޮވިޑް-19: އިންޑިއާއިން ރެކޯޑް އަދަދަކަށް މީހުން ފައްސި

ކޮވިޑް-19: އިންޑިއާއިން ރެކޯޑް އަދަދަކަށް މީހުން ފައްސި

އަހުމަދު މާހު

logo

4/13/2021, 9:52:08 PM

އިންޑިއާގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ރެކޯޑު މިންވަރަކަށް އިތުރުވެއްޖެ އެވެ.

ޝަރީ 2024

އެގައުމުގެ ހެލްތު މިނިސްޓްރީން އާންމުކުރި ހިސާބުތަކުން ފެންނަ ގޮތުގައި، އިންޑިއާގައި މިދިޔަ 24 ގަޑިއިރުތެރޭ އެކަނިވެސް 161،736 ވަނީ ކޮވިޑަށް ފައްސިވެފައެވެ. މިއީ އިންޑިއާގައި މީގެ ފަހުގެ ތާރީޚެއްގައި މިހާ ގިނަ އަދަދަކަށް ކޮވިޑަށް ފައްސިވެފައިވާ މީހުންގެ އަދަދު އިތުރުވި ފަހަރެވެ. މިއީ އެގައުމުގައި ކޮވިޑް-19 ކޮންޓްރޯލް ކުރެވުނު ކަމަށް ބަލައިގެން، ލުއިތަކެއް ދިނުމުގެ ހިތި ނަތީޖާ ކަމަށްވެސް އެގައުމުގެ ސިއްހީލަފާދޭ މާހިރުން ވަނީ ބުނެފަ އެވެ.

އެންމެ ގިނައިން ކޮވިޑްއައް މީހުން ޕޮޒިޓިވްވާ ދެވަނަ ގައުމުކަމަށްވާ ބްރެޒިލް ތިންވަނަ އަށް ތިންވަނައަށް ،ފަހަތަށް ޖައްސާލުމަށްފަހު އިންޑިއާ ވަނީ ދެވަނަ އަށް ޖެހިލައިފަ އެވެ.

އެގައުމުގައި މިހާތަނަށް 13.69 މިލިއަނަށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައިވާ އިރު، 170،000 އަށް ވުރެ ގިނަ މީހުން މި ބަލީގެ ސަބަބުން ދުނިޔެ ދޫކޮށްފައި ވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ